Last Updated: April 20, 16:27
Saturday, April 20, 2024
ޚަބަރު

ފާހާނާތެރޭގައި މަސްތުވާން އިންދާ ހައްޔަރުކޮށްފި

ސ. ހިތަދޫ ގެއެއްގެ ފާހާނާ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން އިން ޒުވާނަކު ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 33 އަހަރުގެ ފިރިހެނެކެވެ.

ފާހާނާ ތެރޭގައި އޭނާ މަސްތުވާތަކެތި ބޭނުން ކުރަން އިންކަމަށް އާންމުފަ ރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާ ގުޅިގެން ފުލުހުން ސީނަށް ގޮސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފާހާނާގެ ތެރެއިންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސް ހަށިގަނޑު ބަލައި ފާސް ކުރި އިރު އޭނާގެ ޖީންސް ޖީބުން ދެ ސިރިންޖް ވަނީ ފެނިފަ އެވެ.

އަދި އޭނާ ހުރި ފާހާނާ ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ރަބަރު ޕެކެޓާއި މަސްތުވާ ތަކެތި ބޭނުން ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ވަނީ ފެނިފަ އެވެ.

މަސްތުވާތަކެތީގެ މި މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާއަކީ ތަފާތު މައްސަލަތަކާއި ގުޅިގެން 18 ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ނުވަ ފަހަރަކު ހައްޔަރު ކޮށްފައިވާ މީހެކެވެ.

އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ ގިނަ މައްސަލަތަކުގެ އިތުރުން މާރާމާރީ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.