Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ކްއާޓާގެ ފުރަތަމަ މެޗްގައި ޒިލޯނާއި މާކަރީ

އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕްގެ ކްއާޓާ ފައިނަލްގެ ފުރަތަމަ މެޗްގައި ވާދަކުރާ ދެ ޓީމަކަށް ޒިލޯން އަދި މާކަރީ ޔުނައިޓެޑް ހަމަޖެހިއްޖެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް ރޭ ނިމުނު އިރު ކްއާޓާ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި 21 ވަނަ ދުވަހުގެ ރެ އެވެ.

އެރޭގެ ފުރަތަމަ މެޗްގައި 9:30 ގައި ޒިލޯން އަދި މާކަރީ ޔުނައިޓެޑް ބައްދަލު ކުރާއިރު 10:30 ގައި ބައްދަލު ކުރާނީ ޝަންގްރިއްލާ އަދި ޔަންގް ވަންސް އެވެ.

10509672_10204054518184400_3872709303783361150_n

ކްއާޓަ ފައިނަލްގެ 3 ަވަނ މެޗް ގައި ޖުލައި 22 ވަނަ ދުވަހުގެ ރޭ ކުޅޭނީ އެފްސީ އުސްގަޑަ އަދި އެފްވައިސީއެވެ. ކްއާޓާގެ އެންމެ ފަހު މެޗަކަށް ކުޅޭނީ އެފްސީ ރެސްޕެކްޓް އަދި ފްރެންޑްސް ކްލަބްގެ މެޗެވެ.

ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމުނުއިރު އެންމެ ގިނަ ގޯލް ޖަހާފައިވަނީ ފްރެންޑްސް ކްލަބްގެ މުހައްމަދު ރިއްފަތުއެވެ. ރިއްފަތު 8 ގޯލް ޖަހާފައިވާ އިރު 7 ގޯލާއިއެކު ލަނޑު ލިސްޓްގެ ދެވަނާގައި އޮތީ އެފްސީ ރެސްޕެކްޓްގެ ހަސަން މިފްރާހްއެވެ.

10553462_10204054512504258_3216317132722309619_n

6 ގޯލާއިއެކު ލަނޑު ލިސްޓްގެ 3 ވަނާގައި 3 ކުޅުންތެރިއަކު ހިމެނެއެވެ. އެއީ ޝަންގްރިއްލާގެ އިބްރާހިމް މުހައްމަދު އާއި މަލްޓި ޖީނިއަސްގެ މުހައްމަދު އަހްމަދު އާއި އެފްވައިސީގެ އިބްރާހިމް މަހްދީ ހުސެއިންއެވެ.