Last Updated: April 16, 23:13
Tuesday, April 16, 2024
މުނިފޫހިފިލުވުން

ޝްރޫތީ އާއި ސްރޭޝް އުޅެނީ ރައްޓެހިވެގެން!

ބޮލީވުޑްގެ ބަތަލާ އިން އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިންނާ ލޯބީގެ ގޮތުން ގުޅޭ ވާހަކައަކީ އާ ވާހަކަތަކެއް ނޫނެވެ.

މިފަދަ ބައެއް ގުޅުންތައް ކައިވެންޏާ ހަމައަށް ގޮސްފައިވާ އިރު، ބައެއް ގުޅުންތަކުގައި މާ ގިނަ ދުވަހެއް ނުވެ ސިއްކަ ެހޭ ވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯނާއި އިންޑިއާގެ އެންމެ މަޝްހޫރު ޒުވާން ކްރިކެޓަރުންގެ ތެރޭގައި ހިމެނޭ އެމްއެސް ދޯނި އާއި ޔުވްރާޖް ސިންގާ ޑޭޓް ކުރި ވާހަކައަކީ މިހާރު މާޒީ އެވެ.

މިހާރު އެންމެ ހޫނުކޮށް ދެކެވެނީ ބަތަލާ އަނުޝްކާ ޝަރްމާ އާއި ޒުވާން ކްރިކެޓަރު ވިރާތު ކޯލީގެ ލޯބީގެ ގުޅުމުގެ ވާހަކަ އެވެ.

ދެ މީހުން މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކައިފައި ނުވި ނަވެސް، ވިރާތާއި އަނުޝްކާ އާ ދެމެދު ހާއްސަ ގުޅުމެއް އޮންނަކަން މިހާތަނަށް ކަށަވަރުވެފައި އެވެ.

އޭގެ އެންމެ ބޮޑު އެއް ހެއްކަކީ އަނުޝްކާގެ ގެ ކައިރިން ރޭގަނޑު ދަންވަރު ވިރާތު ފެނުމާއި އަނުޝްނާ ޝޫޓިންއަކަށް އިންޑިއާ އިން ބޭރަށްދާ ނަމަ، ފަހަތުން ބިސްމަޅި ޖަހައިގެން ވިރާތު ދާ ވާހަކައަކީ މިހާރު އެންމެން ވެސް ދަންނަ ވާހަކައެކެވެ.

އެގޮތުން ދެ މީހުން ސްވިޓްޒަލެންޑާއި ލަންޑަނާއި ސްޕެއިން ފަދަ ގައުމުތަކުގައި އެކުގައި ވަގުތުތައް ހޭދަ ކުރި ވާހަަކަތަކަކީ މީޑިއާތަކުގައި ވެސް ހަމަ ނޫނު ހަބަރުތަކެވެ.

މި ފަހަރު ވެސް މިއޮތީ ހަމަ މިފަދަ ވާހަކަ އެވެ. މަޝްހޫރު އެކްޓަރު ކަމަލް ހަސަން ދަރިފުޅު ޝްރޫރީ ހަސަން އިންޑިއާގެ ކްރިކްޓަރު ސްރޭޝް ރައިނާގެ ވާހަކަ އެވެ.

HKL

މި ދެ މީހުން އުޅެނީ ރައްޓެހިވެގެން ކަމަށް ދެކެވޭ ވާހަކަތައް މިހާރު ވަރަށް ގަދައަށް ދެކެވެމުން ދެ އެވެ.

އެހެން ނަމަވެސް އެކަަމާ ބެހޭ ގޮތުން ވާހަކަ ދައްކާކަށް ދެ މީހުން ވެސް ބޭނުމެއް ނުވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝްރޫތީ އާއި ސްރޭޝް އާ ދެމެދު "ލޯބީގެ ކުޅިގަނޑު" ފެށުނީ ދާދި މިދާކަށް ދުވަހު އެވެ.

އެހެންވެ ގުޅުމަށް އަދި މި ގިނަ ދުވަހެއް ނުވެ އެވެ. އެ ސަބަބާ ހެދި އެކަން އެއްވެސް ބަޔަކަށް މިކަން އެނގޭކަށް ދެ މީހުން ބޭނުމެއް ނޫނެވެ.

YUIKJNK

މައްސަލައެއް ނެތެވެ. ދުވަސްކޮޅަކުން މި ދެ މީހުން ވެސް އެކުގައި ތަންތަނުގައި ޗުއްޓީ ހޭދަ ކުރާ ވާހަކަ އާއި އެކުގައި ނަގާފައިވާ ފޮޓޯތައް މީޑިއާތަކަށް އާންމުވާން ވެސް ފަށައިފާނެ އެވެ.

އޭރުން ދެން ވެސް ނޫސްވެރިން ސުވާލު ކުރުމުން ބުނާނީ "ނޯ ކޮމެންޓޭ" ކަން އެންމެންނަށް ވެސް އެނގެ އެވެ.