Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

އަހަންނަކީ ޝާހިދުގެ ބޮޑު ފޭނެއް: އާލިއާ

އޭނާއަކީ ޝާހިދު ކަޕޫރުގެ ވަރަށް ބޮޑި ފޭނެއް ކަމަށާއި ޝާހިދާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށް ވިދަމުން އަންނަ ޒުވާން ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ އާއި ޝާހިދު އެކުގައި ކުޅެން ހަމަޖެހިފައިވާ ފިލްމަކީ "ޝާންދާރް" އެވެ.

މިއީ މި އަހަރު މިހާތަނަށް ނިކުތް އެންމެ ކާމިޔާބު އެއް ފިލްމުގެ ތެރޭގައި ހިމެނޭ "ކްއީން" ގެ ޑައިރެކްޓަރު ވިކާސް ބާލްގެ ފިލްމެކެވެ.

އާލިއާ ބުނީ އޭނާ އެންމެ ފުރަަތަމަ ޝާހިދު ސްކްރީނުން ފެނުނު ހިސާބުން ވެސް އޭނާގެ ވަރަށް ބޮޑު ފޭނަކަށްވެފައިވާ ކަމަށެވެ. އެއީ ޝާހިދުގެ ފުރަތަމަ ފިލްމް 2001 ގައި ނިކުތް "އިޝްގް ވިޝްގް" އަށް ފަހު އެވެ.

"އެ ފިލްމު ރިލީޒްވި އިރު އަހަރެންގެ އުމުރަކީ 11 އަހަރު. އޭރުން ފެށިގެން ވެސް އަހަންނަކީ ޝާހިދުގެ ވަރަށް ބޮޑު ފޭނެއް. އޭނާ އާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބުމުން ވަރަށް އުފާވެފައި މިހިރީ،" މި އަހަރު ތިން ފިލްމަކު ފެނުނު 21 އަހަރުގެ ބަތަލާ ބުންޏެވެ.

އާލިއާ ބުނީ އޭނާ އާއި ޝާހިދާ ދޭތެރޭ އުމުރުގެ ތަފާތުތަކެއް ހުރި ނަމަވެސް، ޝާހިދު، 33، ސިފަ ކުރެވެނީ އޭނާ އާ އެކު ކުރިން ފިލްމް ކުޅުނު އަރުޖުން ކަޕޫރާއި ސިދާތު މަލްއުތުރާ އަދި ވަރޫން އާ އެއް އުމުރެއްގެ އެކްޓަރެއްގެ ގޮތުގައި ކަމަށެވެ.

jhnn

"އަނެއްކާ ޝާހިދަކީ ވަރަށް ފްރެންޑްލީ ކޯ ސްޓާރުންނަށް ވަރަށް ކެއާކުރާ އެކްޓަރެއް ކަމަށް އެނގިފައި ވަނީ،" ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ" އިން 2012 ވަނަ އަހަރު ބޮލީވުޑަށް ނިކުތް އާލިއާ ބުންޏެވެ.

"ޝާންދާރު" ޝޫޓް ކުރަން ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގަ އެވެ. އަދި ފިލްމުގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ.

އާލިއާއަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް ޒުވާން ބަތަލާ އެވެ. އަދި އެކްޓް ކުރުމުގެ އިތުރަށް އޭނާ ލަވަ ވެސް ކިޔަ އެވެ.

އޭނާގެ ތިން ފިލްމެއް މި އަހަރު ރިލީޒްވެ، ބޮޑެތި ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ.

އެއީ ރަންދީޕް ހޫޑާ އާ އެކު ކުޅުނު އިމްތިއާޒް އަލީގެ "ހައިވޭ" އާއި އަރުޖުން ކަޕޫރާ އެކު ކުޅުނު "2 ސްޓޭޓްސް" އާއި ވަރޫން ދަވަން އާ އެކު ކުޅުނު "ހަމްޓީ ޝަރްމާ ކީ ދުލްހަނިއާ" އެވެ.