Last Updated: April 23, 14:18
Tuesday, April 23, 2024
ޚަބަރު

މީރާ އައްޑޫ ބްރާންޗަށް މެނޭޖަރަކު ހޯދަނީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އައްޑޫގައި ހުޅުވާ ބްރާންޗަށް މެނޭޖަރަކު ހޯދަން އިއުލާންކޮށްފި އެވެ.

މިރާ އިން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މި މަގާމަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އޭ ލެވެލް ދެ މާއްދާ އިން ސީ ފާސް އަދި އޯ ލެވެލް އިނގިރޭސި އަދި އެސްއެސްސީ އިމްތިހާނުން ދިވެހި މާއްދާ އާ އެކު ފަސް މާއްދާ އިން ސީ ފާސް ލިބިފައިވުން ހިމެނެ އެވެ.

އަދި މިއާ އެކު އެކައުންޓިން ހިމެނޭ ގޮތަށް ބިޒްނަސް ސްޓްރީމްގެ މާއްދާތައް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް މީރާ އިން ބުންޏެވެ.