Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

އަޔާންގެ އާ ފިލްމުގައި ރަންބީރާއި އާލިއާ

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނަށް ކާމިޔާބު ދެ ފިލްމް ޑައިރެކްޓްކޮށް ދީފައިވާ އަޔާން މުކަރުޖީގެ އާ ފިލްމަށް ރަންބީރު ކަޕޫރާއި އާލިއާ ބަޓް ހަމަޖެހިފައިވާ ކަމަަށް ކަރަން ބުނެފި އެވެ.

ދަރްމާގެ ވެރިޔާ އަދި ކާމިޔާބު ޑައިރެކްޓަރު ކަރަން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އަޔާންގެ އާ ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފަށާނެ ކަމަށެވެ.

އަދި އެ ފިލްމު ސިނަމާތަކަށް އަންނާނީ ޑިސެމްބަރު 23، 2016 ގައި ކަމަށް ކަރަން ބުންޏެވެ.

Untitledhkljljm

އަދި ވަކި ނަމެއް ޖެހިފައި ނުވާ އެ ފިލްމުގެ ލިޑް ރޯލުން ފެނިގެން ދާނީ ރަންބީރާއި އާލިއާ ކަމަށް ކަރަން ބުންޏެވެ.

އަޔާން މިދިޔަ އަހަރު ގެނެސް ދިން "ޔެ ޖަވާނީ ހޭ ދީވާނީ" އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. އަދި ފިލްމު ވަނީ ބޮކްސް އޮފީހުގައި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު ވިޔަފާރިއެއް ވެސް ކޮށްފަ އެވެ.

އަޔާންގެ ފުރަތަމަ ފިލްމް "ވޭކަޕް ސިދް" ގައި ވެސް ލީޑް ރޯލް ކުޅުނީ ރަންބީރެވެ.

ރަންބީރާއީ އާލިއާ އެއް ފިލްމަކުން ފެނިގެން ދާނެ ކަމުގެ އުފާވެރި ހަބަރު ކަރަން ދިނުމާ އެކު، އެ ދެ ތަރިންނަށް ސަޕޯޓް ކުރާ ގިނަ ބަޔަކު މި ފިލްމަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރާނެކަން ޔަގީނެވެ.