Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

"އައްޑޫ ލައިވް" ގެ ކިއުންތެރިންނަށް

ދިމާވި ޓެކްނިކަލް މައްސަލައަކާ ހުރެ "އައްޑޫ ލައިވް" ގައި ޝާއިއުކޮށްފައި ހުރި ފާއިތުވި ތިން ދުވަހުގެ އާޓިކަލްތައް ޑިލީޓްވެއްޖެ އެވެ.

މި މައްސަލަ ދިމާވެފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ. އަދި އެ އާޓިކަލްތައް ރިކަވަ ކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވުމުން، ސައިޓުން މިހާރު ފެންނަން ހުންނާނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކުރީގެ ދުވަސްތަކުގައި ކިއުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ އާޓިކަލްތަކެވެ.

މި ދިމާވި މައްސަލަ އާ ހުރެ، ކިއުންތެރިންގެ ފަރާތުން ނިހާތަށް މައާފަށް އެދެމެވެ. އަދި ފާއިތުވި ތިން ދުވަހު މި ސައިޓްގައި ވަރަށް މުހިއްމު އާޓިކަލްތަކެއް ކިއުންތެރިންނަށް ގެނެސް ދީފައިވާނެ އެވެ.

އެ އާޓިކަލްތަކުގެ ސުރުހީތައް "އައްޑޫ ލައިވް" ފޭސްބުކް ގްރޫޕުން މިހާރު ވެސް ފެންނަން ހުންނާނެ އެވެ.

އަދި ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލައެއް ތަކުރާރު ނުވާނެ ގޮތަކަށް ސައިޓް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރަން "އައްޑޫ ލައިވް" ޓީމުން މަަސައްކަތް ކުރަމުން ގެންދާ ވާހަކަ ދެންނެވީމެވެ.

ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި ސައިޓަށް ކިއުންތެރިން ދީފައިވާ ޝައުގުވެރިކަމަށްޓަކައި، ތިޔަ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަރިސް ކުރަމެވެ.

"އައްޑޫ ލައިވް" އިން އަބަދުވެސް ކިއުންތެރިން ޝައުގުވެރި ވާނެ ފަދަ ލިއުންތައް ގެނެސް ދޭނެ ކަމުގެ ޔަގީންކަން ދެމެވެ.