Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މި ރޯދަ މަހު މައްސަލަތައް މަދު: ޕޮލިސް

މި ރޯދަ މަހުގެ ފުރަތަމަ ތިން ހަފުތާ ތެރޭގައި އައްޑޫން ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ވޭތުވެ ދިޔަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ތިން ހަފްތާ އާ އަޅާ ބަލާ އިރު 37 ޕަސެންޓް ދަށްވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އައްޑޫ ސިޓީގެ އެކި އަވަށްތަކުން މި ރޯދަ މަހުގެ ފުރަތަމަ ތިން ހަފުތާ ތެރޭގައި ހުށަހެޅިފައި ވަނީ 48 މައްސަލަ އެވެ.

އެހެން ނަމަވެސް ވޭތުވެ ދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އައްޑޫ ސިޓީގެ އަވަށްތަކުން 69 މައްސަލަ ހުށަހެޅި އެވެ.

މި އަހަރުގެ ރޯދަ މަހު އައްޑޫ ސިޓީން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ޓްރެފިކް މައްސަލަތަ އްވެސް މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.