Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޢައްޒާ ފަންޑު ފޮއްޓަށް ބޮޑު ތަރުހީބެއް

ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީވުމަށް އައްޑޫގައި އިއްޔެ ބެހެއްޓި ދެ ފަންޑް ފޮށްޓަށް ދެ ގަޑިއެއްހާ އިރުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ އާންމުން ހަދިޔާކޮށްފި އެވެ.

އެގޮތުން އިއްޔެ ހިތަދޫ ދެ ސަރަހައްދެއްގެ މަގުމަތީގައި ދެ ގަޑިއެއްހާ އިރަށް ބެހެއްޓި ފޮށިތަކަށް ދިވެހި ރުފިޔާ އިން 69،804.82ރ. ލިބިފައިވާ އިރު، 426 ޑޮލަރު ލިބިފައިވެ އެވެ. އަދި 35 ޔޫރޯ، 242 ސައުދީ ރިޔާލް، 20 ބްރިޓިޝް ޕައުންޑް، ޔޫއޭއީ 40 ދިރުހަމް، މެލޭޝިއާގެ 26.40 އާރްއެމް އަދި 38 ލަންކާ ރުޕީސް ލިބިފައިވެ އެވެ.

އައްޒާ ފަންޑް ފޮށި އައްޑޫގައި ކުރިއަށް ގެންދަނީ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ޕާލްސް ޖަމިއްޔާ ގުޅިގެންނެވެ.

ނޫރުލް އިސްލާމްގެ ރައީސް ޝެއިހް އަނީލް ވިދާޅުވީ ހިތަދޫގެ އިތުރުން އައްޑޫގެ އެހެން ރަށްރަށުގައި ވެސް މިއަދު ހަވީރު ފޮށިތައް ހުންނާނެ ކަމަށެވެ. އަދި ރޯދަ މަސް ނިމެންދެން ކޮންމެ ދުވަހަކު ހަވީރު ފޮށިތައް ރަށްރަށުގެ މަގުތަކުގައި އާންމުން ފައިސާ ހަދިޔާ ކުރަން ބަހައްޓާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޯދަ މަސް ނިމުމުން ފޮށިތަކަށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތެއް ނިންމާނެ ކަމަށެވެ.