Last Updated: April 23, 13:19
Tuesday, April 23, 2024
މުނިފޫހިފިލުވުން

އިޝާ އަންހެން ކުއްޖަކު ވިހައިފި

ފިލްމީ ދާއިރާ އާ މިހާރު ވަރަށް ބޮޑަށް ދުރުގައި ހުރި ބޮލީވުޑްގެ ބަތަލާ އިޝާ ކޮޕީކަރު އަންހެން ކުއްޖަކު ވިހައިފި އެވެ.

އޭނާ ވިހާފައި ވަނީ މުމްބާއީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އިއްޔެގެ ވަގުތެއްގަ އެވެ.

އިޝާ ކައިވެނިކޮށްގެން އުޅެނީ ރެސްޓޯރަންޓްގެ ވިޔަފާރި ހިންގާ ޓިމީ ނަރަންގާ އެވެ. އެ ދެ މީހުން ކައިވެނި ކުރީ 2009 ގަ އެވެ.

ޓިމީ ވަނީ އަލަތު ދަފިރުޅާ އެކު، އޭނާގެ ހަޔާތަށް އަނެއްކާ ވެސް އާ އަންހެން ބައިވެރިއަކު އައިސްފައިވާ ކަމަށް ބުނެ ޓްވިޓާ މެދުވެރިކޮށް، ދަރިއަކު ލިބުނުކަން ރައްޓެހިންނާ ހިއްސާކޮށްފަ އެވެ.

isha-koppikar-husband-1

ރިޕޯޓްތައް ބުނާ ގޮތުން އިޝާ އާއި ޓިމީ ދިމާވުމުގެ އަަސްލަކީ ބަތަލާ ޕްރިތީ ޒިންތާ އެވެ. ޓިމީ އާއި އިޝާ އެކަކު އަނެކަަކަށް ޕްރިތީ ތައާރަފްކޮށް ދިންތާ މާ ގިނަ ދުވަހެއް ނުވެ، ދެ މީހުން ވަނީ ރައްޓެހިވެފަ އެވެ.

ފިލްމީ ދާއިރާ އާ މި ވަގުތު ދުރުގައި ހުރި އިޝާގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ގާލްފްރެންޑް"، "އެކް ވިވާހް"، "ޑަރްނާ މަނާ ހޭ"، "ކިޔާ ކޫލް ހެ ހަމް"، "ހެލޯ" އަދި "ޑޮން" ފަދަ ފިލްމުތައް ހިމެނެ އެވެ.