Last Updated: April 18, 22:36
Thursday, April 18, 2024
ވިޔަފާރި

ހުޅުމީދޫ ރައްޔިތުންނަށް ލޯންޗް ދަތުރުގެ ހިދުމަތް

އަމިއްލަ ފަރާތަކުން ހުޅުމީދޫ ރައްޔިތުންނަށް ހާއްސަކޮށްގެން ލޯންޗް ދަތުރުގެ ހިދުމަތް މިއަދު ފަށައިފި އެވެ.

މި ހިދުމަތް ދެނީ ހުޅުދޫ ކުންފުންޏެއް ކަމަށްވާ ސަދަން އެކްސްޕްރެސްގެ ފަރާތުންނެވެ.

އެ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވީ ދަތުރުތައް ފެށީ މިއަދު ކަމަށާއި އަމާޒަކީ މިއަދުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހު ހުޅުމީދޫން ފޭދު އަށް ލޯންޗް ދަތުރު ބޭއްވުން ކަމަށެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނިޓްގެ މި ދަތުރަށް ކޮޅަކަށް ނަގަނީ 100ރ. އެވެ.

"ހޮނިހިރު ދުވަހުގެ ދަތުރުތަކުގެ ތަޖުރިބާ އަށް ބަލާފައި ކޮންމެ ހޯމަ ދުވަހަކު ވެސް ދަތުރުތައް ބާއްވަމުން އަޅުގަނޑުމެން އެބަ ވިސްނަން،" އޮފިޝަލް ވިދާޅުވި އެވެ.

މި ލޯންޗް ދަތުރުތައް ހަމަޖެހިފައިވާ ގޮތުން ހުޅުމީދޫން ފުރާނީ ހެނދުނު އެވެ. ފޭދޫ ބަނދަރުން އެނބުރި ހުޅުމީދު އަށް ދާން ފުރާނީ މެންދުރު ފަހު 2:00 ގަ އެވެ. ދަތުރުތައް ބާއްވަނީ 15 މީހުންގެ ޖާގައިގެ ލޯންޗެއްގަ އެވެ.

ސަދަން އެކްސްޕްރެސްގެ ހިދުމަތާ ބެހޭ ގޮތުން "އައްޑޫ ލައިވް" އާ މިއަދު ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެމްވީކޭ ފެރީން ދަތުރު ކުރުމަށް ވުރެ، ހުރިހާ ގޮތަކުން އެކްސްޕްރެސް މާ ރަނގަޅު ކަމަށެވެ.

"ދަތުރުތަށް ނަގާ ވަގުތާއި އަގާ ބަލާ އިރު އަގު ވެސް ހަމަ ރަނގަޅު،" އޭނާ ބުންޏެވެ. "މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަަސޭހައެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ."

ފެރީގެ ހިދުމަތް ދިނުމަށް އެމްވީކޭ އާ ސަރުކާރުން ހަވާލުކޮށްފައި އޮތް ނަމަވެސް، އެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ އާންމުން އެ ކުންފުނީގެ ހިދުމަތާ ދޭތެެރޭ ކުރާ ޝަކުވާތައް ގިނަ އެވެ.

ހުޅުމީދޫގައި ކުއްޔަށް ލޯންޗް ދަތުރުގެ ހިދުމަތް ހައި އެނާޖީން ވެސް ދެ އެވެ.