Last Updated: April 20, 13:04
Saturday, April 20, 2024
ރިޕޯޓް

އައްޑޫ ޒަމާނީ ސިޓީއަކަށް؛ ކޮން އިރަކު؟

މިނިވަން ދުވަހުގެ މުނާސަބުތުގައި ރައީސް އަބްދުﷲ ޔާމީން ދެއްވި ތަގުރީރަށް ކުޑަ ގޮތަކަށް ނަމަވެސް ނަަޒަރު ހިންގާލުން ކީއްތޯ އެވެ؟ ހާއްސަކޮށް އައްޑު އާ ބެހޭ ގޮތުން އެ މަނިކުފާން ދެއްކެވި ވާހަކަތަކަށް ބަލާލަމާ ހިނގާށެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީ ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްޤީކޮށް، އެ ސިޓީގައި ވިޔަފާރީއާއި، އިޤްތިޞާދީ ޙަރަކާތްތައް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"ގަން އިންޓަނޭޝަނަލް އެއާޕޯޓާއި، ހިތަދޫ ސަރަޙައްދީ ބަނދަރުގެ ފެންވަރުމަތިކޮށް، އެތަނުގައި އިޤްތިޞާދީ ހަރަކާތްތަކެއް އިތުރު ކުރެވޭނެ. އެތަންތަން ހިންގުން ހަރުދަނާ ކުރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް. މިގޮތުން، ގަން އިންޓަނޭޝަނަލް އެއަޕޯޓް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢެއް މިހާރު ދަނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ހިތަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކޮށް، އެތަނުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، އެ ބަނދަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މި ގެނެވޭ ބަދަލާއެކު، އެ ބަނދަރުން ދެވޭ ޚިދްމަތް އިތުރަށް ފުޅާކޮށް، ޒަމާނީ ވިޔަފާރި ބަނދަރަކުން ދެވޭ ގިނަ ޚިދްމަތްތަކެއް، އައްޑޫ ސިޓީގައި ދެމުން ގެންދެވޭނެ." ރައީސް ވިދާޅުވި އެވެ.

10314768_10152788945049989_5339038632027761908_n

ރައީސް ވިދާޅުވީ ހިތަދޫ ބަނދަރާއެކު ހދ. ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުވެސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

hlkl

"ހިތަދޫ ބަނދަރަށް ގެނެވޭ ތަރައްޤީ، ކުޅުދުއްފުށީ ބަނދަރަށް ގެނެސް، އަދި ކުޅުދުއްފުށީގައި އިޤްތިޞާދީ އާރޯކަމެއް ފެނިގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއް ނުކުރަން." ރައީސް ވިދާޅުވި އެވެ.