Last Updated: March 28, 13:23
Thursday, March 28, 2024
ސިއްހަތު

ޗޮކްލެޓް ކޭކް

* ބޭނުންވާ ތަކެތި:

250 ގްރާމް ފުށް

150 ގްރާމް ބަޓަރު

75 ގްރާމް ޕްލޭން ޗޮކޮލެޓެއް (ކެޑްބަރީ)

3 މޭޒުމަތީ ސަމުސާ ކޮކޯ

2/1 1 ސައިސަމުސާ ބޭކިން ޕައުޑަ

6 ބިސް

2/1 1 ސައިސަމުސާ އެސެންސް

250 ގްރާމް ހަކުރު

3 މޭޒުމަތީ ސަމުސާ ހިކި ކިރު (4 މޭޒުމަތީ ސަމުސާ ފެނުގައި ގިރާފައި)

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ފުށާއި ބޭކިން ޕައުޑަރު އަދި ކޮކޯ އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ.

ދެން ބަޓަރާއި ހަކުރު އެއްކޮށް ގިރާލާފައި ޗޮކޮލެޓް ވެސް ކުދިކުދިކޮށް ކޮށާލާފައި ނުވަތަ ގާނާފައި އެއްކޮށްފައި ފަހަރަކު ބިހަކާއި ފުށްކޮޅެއް އަޅަމުން ގިރާލާށެވެ.

ކިރާއި އެސެންސްވެސް އެއްކޮށްލާށެވެ. އޮމާންވަންދެން ގިރުނީމާ ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކާފައި ފުށްގަނޑު ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ. އަދި ބޭނުން ނަމަ ސާވް ކުރާ އިރު، މޭވާގެ ބާވަތްތަކާ އެކު ސާވް ކުރާށެވެ.