Last Updated: March 29, 10:59
Friday, March 29, 2024
ކުޅިވަރު

ގޯދިއްޔާ މުބާރާތް 2014 ގެ ފައިނަލް މިރޭ

މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ ގޯދިއްޔާ ފުޓްސަލް މުބާރާތް 2014 ގެ ފައިނަލް މެޗް މިރޭ ކުޅޭނެ އެވެ

މިރޭ 10:00 ގައި ފަށާ މެޗްގައި ވާދަ ކުރާނީ މަރަދޫ ޒިލޮން އާއި ހިތަދޫ އެފްސީ ރެސްޕެކްޓް އެވެ.

މަރަދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މުބާރާތުގައި މި ފަހަރު ވެސް 20 ޓީމް ވާދަކޮށްފައިވެ އެވެ.

މި ފަހަރު ޗެމްޕިއަން ޓީމަށް ވަނީ 55،000ރ. ހުށަހަޅައިފަ އެވެ. އަދި ރަނައަޮޕް ޓީމަށް 20،000ރ. ހުށަހަޅާފައިވެ އެވެ.

މި ފަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.