Last Updated: April 23, 21:11
Tuesday, April 23, 2024
ކުޅިވަރު

ގޯދިއްޔާ ފުޓްސަލް ތަށި ރެސްޕެކްޓުން އުފުލާލައިފި

އެސްޓީއޯ ގޯދިއްޔާ ފުޓްސަލް ކަޕް 2014 ގެ ޗެމްޕިއަންކަން އެފްސީ ރެސްޕެކްޓްއިން ހޯދައިފި އެވެ.

ރެސްޕެކްޓް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޒިލޯން 2-1 ލަނޑުން ބަލިކޮށްގެންނެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ރެސްޕެކްޓްއިންނެވެ. މި ލަނޑު ޓީމަށް ކާމިޔާބްކޮށް ދިނީ އިބްރާހިމް ޝަފްރާޒް އެވެ. އަދި ރެސްޕެކްޓްގެ ދެވަނަ ލަނޑު އަހްމަދު އިބްރާހިމް (ކޭޑީ) ޖަހައި ނަތީޖާ 2-0 ލަނޑަށް ބަދަލުކުރިިއެވެ. މެޗްގައި ޒެލޯންއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބްކޮށްދިނީ އަހްމަދު އަޒްމީ އެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަވަނަޢަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑެލް ހަވާލުކޮށް ދެއްވީ މެޗްގެ ޝަރަފްވެރި މެހްމާން އެސްޓީއޯ ހިތަދޫ އޮފީހުގެ މެނޭޖަރު އިބްރާހިމް އަލި ދީ އާއި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެސްޕެކްޓް ޓީމުގެ އަބްދުﷲ ހަނީފް (ބެންޖޯ)އެވެ.
DSC_4636

DSC_4639

DSC_4641

DSC_4645

DSC_4651

DSC_4655

DSC_4670

މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފޭދޫ ފްރެންޑްސް ކްލަބަވެ.

ފެއާޕެލޭ ކުޅުންތެރިއަކީ ޒެލޯންގެ ހަސަން ނަސީރު އެވެ.

މުބާރާތުގެ އުއްމީދީ ކުޅުންތެރިއަކީ ޒެލޯންގެ އަޒްމީ އެވެ.

އެންމެ މޮޅު ގޯލްކީޕަރަކީ ރެސްޕެކްޓް ޓީމުގެ އަހްމަދު އަމްރާހް އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކީ އެފްވައިސީގެ އިބްރާހިމް މަހުދީ ހުސެއިން އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ރެސްޕެކްޓް ޓީމުގެ ކޯޗު އަހްމަދު ނަސީމް (ނަސަމާ) ހޮވުނު އިރު މުލި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެސްޕެކްޓް ޓީމުގެ ހަސަން މިފްރާހެވެ.

ޗެމްޕިއަން ޓީމަށް 55،000 ރުފިޔާ ހުށަހަޅާފައިވާ އިރު މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯ އެވެ.