Last Updated: April 23, 23:56
Tuesday, April 23, 2024
ސިޔާސީ

ހަލީލް ފޭދޫ ކައުންސިލް އެމްޑީޕީ ފްރައިމެރީ އަށް

ހުސްވެފައިވާ އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑި އަށް އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގައި ފުޓްބޯޅައިގެ ތެރޭގައި އުޅޭ އިބްރާހީމް ހަލީލް ވާދަ ކުރަން ނިންމައިފި އެވެ.

jhhkjh (2)

ފޭދޫ ޗަމަންގޭ ހަލީލް ބުނީ އޭނާ ޕްރައިމެރީގައި ވާދަ ކުރަން ނިންމާފައިވާތީ އެމްޑީޕީގެ މެމްބަރުން އޭނާ އަށް ތާއީދުކޮށް ދިނުން އެދޭ ކަމަށެވެ.

ހަލީލަކީ މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ މަޝްހޫރު ބައެއް ފުޓްބޯޅަ ޓީމްތަކަށް ކުޅެ، ފަހުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ މީހެކެވެ.

10360399_10152541422167311_4242861822115100666_n

އެމްޑީޕީ ޕްރައިމެރީ އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ.

ފޭދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާނެ ދުވަހެއް އިލެކްޝަން ކޮމިޝަނުން އަދި އިއުލާނެއް ނުކުރެ އެވެ.

jhhkjh (3)

މި ގޮނޑި އަށް ޕީޕީއެމްގެ ފަރާތުން ފޭދޫ ފަރިމާގޭ އީނާ ނަސީރު ވެސް ވާދަ ކުރާނެ ކަމަށް އޭނާ ވަނީ އިއުލާންކޮށްފަ އެވެ.

ކައުންސިލްގެ ފޭދޫ ގޮނޑި ހުސްވީ މި މަހުގެ އަށް ވަނަ ދުވަހު، އެ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) ހާޓް އެޓޭކެއް ޖެހިވަޑައިގެން އަވަހާރަވުމާ ގުޅިގެންނެވެ.