Last Updated: April 20, 09:35
Saturday, April 20, 2024
މުނިފޫހިފިލުވުން

ދޮންދަރި ފިލްމް ކުޅެން ޝައުގެއް ނެތް: ކަރީނާ

ދޮންދަރި ސާރާ ސައިފް އަލީހާން ފިލްމް ކުޅެން އެއްވެސް ވަރަކަށް އަދި ޝައުގުވެރި ކަމެއް ނެތް ކަމަށާއި އޭނާގެ ހުރިހާ ފޯކަސްއެއް އޮތީ ކިޔަވަން ކަމަށް ދޮންމަންމަ ކަރީނާ ކަޕޫރު ބުނެފި އެވެ.

ސާރާގެ ބައްޕަ ސައިފާއި 2012 ގައި ކައިވެނި ކުރި މަޝްހޫރު ބަތަލާ އިތުރަށް ބުނީ ސާރާ މި ވަގުތު ހުރީ ކޮލަމްބިއާގައި ކިޔަވަން ކަމަށެވެ.

އޭނާ ކިޔަވައި ނިމެން ފަސް އަހަރު އަދި އޮތްކަން ވެސް ކަރީނާ ފާހަގަ ކުރި އެވެ. ސާރާ ކިޔަވަނީ ކޮލަމްބިއަން ޔުނިވަސިޓީގަ އެވެ.

saif-ali-khan-kareena-kapoor-walima_13508764911

"ފިލްމީ އެއްވެސް މަސައްކަތަކަށް ސާރާގެ ޝައުގުވެރި ކަމެއް އަދިއެއް ނެތް. އޭނާ މި ވަގުތު ހުރީ ކިޔަވަން ކޮލަމްބިއާގައި. ނިމެން އަދި ފަސް އަހަރެއްހާ ދުވަސް ނަގާނެ،" ކަރީނާ ބުންޏެވެ. "އޭނާ ފިލްމް ކުޅުމާ ބެހޭ އެއްްވެސް ޕްލޭނެއް ނެތް. އަހަންނަކަށް ނޭނގޭ މިފަދަ ވާހަކަތައް ދައްކަނީ ކީއްވެގެން ކަމެއް."

Saif-Ali-Khan-Daughter-Sara-Ali-Khan-Biography

އުމުރުން މިހާރު 20 އަހަރުގެ ސާރާއަކީ ސައިފާއި ކުރީގެ ބަތަލާ އަމްރިތާ ސިންގްގެ ފުރަތަމަ ދަރިފުޅެވެ. ސާރާގެ އިތުރުން އިބްރާހީމް އަލީ ހާން ކިޔާ ފިރިހެން ކުއްޖަކު ވެސް އެ ދެ މީހުންނަށް ލިބިފައިވެ އެވެ.

ސާރާ ފިލްމު ކުޅެން ޝައުގެއް ނެތް ކަމަށް ދޮންމަންމަ ކަރީނާ ކަޕޫރު ބުނި އިރު، އާއިލާގައި ގާތްގަނޑަކަށް މުޅިންހެން ތިބީ ފިލްމީ ތަރިންނެވެ.

amrita

އެއީ މަންމަ އަމްރިތާ އާއި ބައްޕަ ސައިފާއި، ދޮން މަންމަ ކަރީނާ އާއި މާމަ ޝަރްމީލާ ޓެގޯރްގެ އިތުރުން ބޮޑުދައިތަ ސޯހާ އަލީ ހާނެވެ. އަދި ސޯހާ ކައިވެނި ކުރަން އުޅޭ ކުނާލް ކޭމޫއަކީ ވެސް ފިލްމީ ތަރިއެކެވެ.

ސާރާގެ ކޮއްކޮ މީގެ ކުރިން ވަނީ ބޮޑު ސްކްރީނުން ފެނިފަ އެވެ. އެއީ 2008 ގައި އޭނާގެ ބައްްޕަ އާއި ދޮންމަންމަ ލީޑް ރޯލް ކުޅުނު "ތަޝަން" އިންނެވެ.