Last Updated: April 25, 17:37
Thursday, April 25, 2024
ސިޔާސީ

ފަހުމީ އަނެއްކާ ވެސް ކައުންސިލް ގޮނޑި އަށް!

އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ގޮނޑި އަށް ވާދަ ކުރާ ކެންޑިޑޭޓަކަށްވުމަށް އެމްޑީޕީން ބޭއްވި ޕްރައިމެރީގައި ކުރިން ވެސް ވާދަ ކުރި އަލީ ފަހުމީ އަހުމަދު އަނެއްކާ ވެސް ޕްރައިމެރީގައި ވާދަ ކުރަން ނިންމައިފި އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ފަހުމީ (އަހަންމާގެ ފަހުމީ) ޓިކެޓަށް ވާދަ ކުރަނީ އެމްޑީޕީގެ ފޭދޫގެ ބައެއް އިސް ހަރަކާތްތެރިންގެ އެދުމުގެ މަތިންނެވެ.

އަދި އޭނާ އަށް ތާއިދު ކުރަން ނިންމާފައިވާ ކަމަށް އެފަދަ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުކޮށްފަ އެވެ.

"ސުވާދީބް" އަދި "އައްޑޫ ގަން ހިންގުން" ގެ ނަމުގައި ދެ ފޮތް ނެރެފައިވާ ފަހުމީއަކީ ކުރިން ފޭދޫގެ ރަށް ކުރިއަރުވާ ކޮމިޓީ އާއި އެސްޓީއޯގައި ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.

10559774_626243290824194_2001381770123300313_n

ފަހުމީ އެމްޑީޕީ ޓިކެޓަށް ވާދަ ކުރަން ނިންމާފައިވާ އިރު، އެ ޓިކެޓަށް ފޭދޫ ޗަމަންގޭ އިބްރާހީމް ހަލީލް ވެސް ވާދަ ކުރަން ނިންމައި އޭނާ މިހާރު ގެންދަނީ ކެމްޕޭން ވެސް ކުރަމުންނެވެ.

ޕްރައިމެރީ އޮންނާނީ އަންނަ މަހުގެ 8 ވަނަ ދުވަހު އެވެ. ޕްރައިމެރީގައި ވާދަ ކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.