Last Updated: April 19, 21:43
Friday, April 19, 2024
ސިއްހަތު

ޕޮޓޭޓޯ ސަލަޑް

* ބޭނުންވާ ތަކެތި:

2 އަލުވި (ފެނުކައްކާފައި)

2 ރޯމިރުސް (ކުދިކޮށް ކޮށާފައި)

1 ލުނބޯ

1 ފިޔާ (ކުދިކޮށް ކޮށާފައި)

1/2 ސަމުސާ އަސޭމިރުސް

ލޮނުކޮޅެއް

ކޮރިއަންޑާ ފަތްކޮޅެއް (ގާނިޝްކޮށްލަން)

* ތައްޔާރު ކުރާނެ ގޮތް:

ކުދިކޮށް ކޮށާފައި ހުރޮ ފިޔާކޮޅާއި މިރުސް، ހުތް، އަދި ލޮނު އެއްކޮށް ރަހަ ނިކުންނަ ވަރަށް ރަނގަޅަށް މޮޑެލާފައި ބާކީ ހުރި ބާވަތްތައް އެއްކޮށް މޮޑެލާށެވެ. އޭރުން އެހެރީ ކާން ތައްޔާރުވެފަ އެވެ.
މިއަލުވި ސަޓަންޏާއި އެއްކޮށް ކާނީ ރޯމަހުގެ ކިރު ގަރުދިޔަޔާއި ބަތެވެ.