Last Updated: April 20, 19:35
Saturday, April 20, 2024
ވިޔަފާރި

ސަދަން އެކްސްޕްރެސް ކޮންމެ ދުވަހަކު

މިދިޔަ ހޮނިހިރު ދުވަހު ހުޅުމީދޫ ރައްޔިތުންނަށް ލޯންޗް ދަތުރުގެ ހިދުމަތް ފެށި ސަދަން އެކްސްޕްރެސް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަން ފަށައިފި އެވެ.

ހުޅުމީދޫން ފޭދު އަށް ބާއްްވާ މި ދަތުރުތައް ފެށި ފަހުން އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ހުޅުދޫގެ ސަދަން އެކްސްޕްރެސްގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ ކުރިން ކޮންމެ ހޮނިހިރަކު ބާއްވަން ރޭވި ދަތުރުތައް ކޮންމެ ދުވަހަކު ބާއްވަން ނިންމީ އެ ހިދުމަތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން ދިއުމާ ގުޅިގެންނެވެ.

ސަދަން އެކްސްޕްރެސް އިން ދަތުރުތައް ބާއްވަނީ 15 މީހުންގެ ޖާގައިގެ ލޯންޗެއްގައި، ކޮޅަކަށް 100ރ. ނަގައިގެންނެވެ.

އެ ކުންފުނިން ބުނީ މި ހިދުމަތް ކުރިއަށް އޮތް ތަނުގައި ތަރައްގީ ކުރަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ޓިކެޓް ވިއްކައިގެން ހިދުމަތް ދޭން ސަދަން އެކްސްޕްރެސް އިން ވަނީ ނިންމައިފަ އެވެ.