Last Updated: April 19, 17:49
Friday, April 19, 2024
މުނިފޫހިފިލުވުން

"ހުޅުދާން" ގެ ޓްރެއިލާ ލޯންޗްކޮށްފި

މި އަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވޭ ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމް "ހުޅުދާން" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

ޑާކް ރެއިންގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ގެ އަންހެނުން އައިޝަތު ފުވާދުގެ ވާހަކައަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ އެންމެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ރޯނު ހަސަން މަނިކާއި އަލަށް ތައާރަފްވާ އައިޝަތު މަޖުދާ އެވެ.

10383681_284344841743680_2116842465803846379_n

މީގެ އިތުރުން ސަޕޯޓިން ކާސްޓިންގެ ގޮތުގައި މުހައްމަދު ފައިސަލް، ރަވީ ފާރޫގް، މަރިޔަމް ޝަކީލާ ފަދަ ތަރިން ފެނިގެން ދާނެ އެވެ.

"ހުޅުދާން" ގައި ކިޔައި ދެނީ އުމުރުން ދުވަސްވީ ފިރިހެނެއްގެ އާއިލީ ވާހަކަ އެވެ.

މި ފިލްމުގެ ޓްރެއިލާ ލޯންޗް ކުރި ނަމަވެސް، ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.