Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ކާނަލް ނާޒިމް ގޭ ބަންދަށް ބަދަލު ކުރަނީ

ހަގުރާމަވެރި ހަތިޔާރު އެތެރެކުރި ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް، ކ. ހިންމަފުށީ އައްސޭރި ޖަލުގައި ތަންފީޒު ކުރައްވަމުން ގެންދަވާ ފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ގޭ ބަންދަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަން ވަރަށް އިތުބާރުހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26 ވަނަ ދުވަހުގެ ކުރިން ކާނަލް ނާޒިމާއި ޖަލުގައި މިވަގުތު ތިއްބެވި ބައެއް ސިޔާސީ ކުށްވެރިން ގޭ ބަންދަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކާނަލް ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. އެ މައްސަލައިގެ އަޑު އެހުންތަކެއް ކުރިއަށް ގެންދިއުމަށް ފަހު މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނޭ 2 ބޭފުޅަކު ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލު ކުރުމާއި ގުޅިގެން ހައިކޯޓުގައި ކުރިއަށް ގެންދާ އިސްތިއުނާފީ ޝަރީޢަތް ވަނީ މެދު ކަނޑާލާފައެވެ.