Last Updated: April 23, 20:38
Tuesday, April 23, 2024
ޚަބަރު

އައްޑޫގެ ފަސް ރަށެއްގެ ނަރުދަމާއަށް ބޭނުންވާ ފައިސާ ހަމަޖެހިއްޖެ

އައްޑޫގެ ފަސް ރަށެއްގެ ނަރުދަމާއަށް ބޭނުންވާ ފައިސާ ހަމަޖެހި ލޯން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހުޅުދޫ އަދި މީދޫގެ އިތުރުން ފޭދޫ، މަރަދޫ ފޭދޫ އާއި މަރަދޫގެ ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވަނީ އޯޕެކް ފަންޑް ފޯ އިންޓަނެޝަނަލް ޑިވެލޮޕމްންޓް (އޯޕިޑް)އިން ދޭ 50 މިލިއަން ޑޮލަރުގެ ލޯން އެހީގެ ދަށުންނެވެ.

މިލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. އޯފިޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ސުލައިމާން ޖާސިރު އަލް ހާބިޝް އެވެ.

އެ ލޯނަކީ 4.6 ޕަސެންޓް އިންޓްރެސްޓެއްގައި ހަތަރު އަހަރުގެ ގްރޭސް މުއްދަތެއް ހިމެނޭ ގޮތަށް 18 އަހަރުތެރޭ އަނބުރާ ދައްކާ ގޮތަށް ދޫކޮށްފައިވާ ލޯނެކެވެ.

އައްޑޫގެ ފަސް ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހުނު އިރު މީގެ ހަތަރު އަހަރު ކުރިން ހިތަދޫގެ ނަރުދަމާ އާއި ސާފު ބޯފެނުގެ މަޝްރޫއު ވަނީ ފަށާފައެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު ބަދަލުވުމާއި އެކު އެ މަޝްރޫއު ވަނީ މަޑުޖެހިފައެވެ. ނަމަވެސް މި މަޝްރޫއުއަށްވެސް މީގެ ކުރިން ފައިސާ ހަމަޖެހި ސާމާން ހިތަދޫއަށް ގެނެސްފައިވާ އިރު ފެނަކަ ކޯޕަރޭޝަނުން މިކަމުގެ މަސައްކަތެއް ކުރާތަން ނުފެނެއެވެ.