Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަދިރިން ސަލާމަތްވުމަށް ފޭދޫ ފޮގް ކުރަން ފަށައިފި

މިހާރު ރާއްޖޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ޑެންގީ ހުމުން ސަލާމަތް ވުމަށް، ބަލި ފަތުރާ މަދިރި ނައްތާލުމަށް ފޭދޫއަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފޭދޫ ސިއްހީ މަރުކަޒުގެ އިސް ނެގުމުގެ މަތިން ފޮގް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު މުޅި ރަށް އެއްކޮށް ފޮގް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މަދިރި އާލާވާ ތަންތަން ބަލައި އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތްވެސް ފޭދޫ ސިއްހީ މަރުކަޒުން ދަނީ ކުރަމުންނެވެ.
11403311_980474965337284_3290146864760524411_n

ފޭދޫ ސިއްހީ މަރުކަޒުގެ އިސް އޮފިޝަލަކު ވިދާޅުވީ ފޭދޫން ޑެންގީ ހުންޖެހިފައިވާ މީހަކު ފެނުމާއި ގުޅިގެން، މި ބަލި އިތުރަ ފެތުރިޔަ ނުދިނުމަށްޓަކައި ސިއްހީ މަރުކަޒުން އިސް ނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގޭގެއަށް ގޮސް ޑެންގީއާއި ބެހޭ މައުލޫމާތު ދިނުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުން ހިމެނޭ ކަމަށެވެ.

ޑެންގީ ޖެހިގެން އައްޑޫން ޒުވާނަކު އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވާއިރު މިބަލި ކަމަށް ޝައްކު ކުރެވޭ އިތުރު ބަޔަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދަނީ ފަރުވާ ދެމުންނެވެ.

މި ބަލިއަށް ސަމާލު ވުމުގެ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ރަށްތަކުގެ ސިއްހީ މަރުކަޒާއި، ކައުންސިލް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.