Last Updated: April 25, 09:10
Thursday, April 25, 2024
ޚަބަރު

ސީރިއާގައި ހަނގުރާމަ ކުރަމުން ދިޔަ ޒުވާނަކު މަރުވެއްޖެ

ގާއްލޯ ވާތް ފަރާތުގައި.

ސީރިއާގެ ހަނގުރާމައަށް ގޮސް ހުރި ދިވެހި ޒުވާނަކު މަރުވެއްޖެއެވެ.

އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ސީރިއާގައި މަރުވެފައިވަނީ ހުޅުދޫގެ ޒުވާނެކެވެ.

ވަނަމަކަށް "ގާއްލޯ" ކިޔާ މިޒުވާނާ ހަނގުރާމައަށް ސީރިއާއަށް ގޮސްފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ. ގާއްލޯއަކީ ސީރިއާގައި މަރުވި އަޒްލިފް ރައޫފް އާއި އެއް ގްރޫޕެއްގައި ހަނގުރާމަ ކުރަމުން އައި ޒުވާނެއްކަމަށް މައުލޫމާތު ލިބެއެވެ.

ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ސީރިއާއަށް ހަނގުރާމައަށްދާ އިރު މިދިޔަ މަހުގެ ތެރޭގައި މަރަދޫ ޒުވާނަކުވެސް ވަނީ ސީރިއާގައި ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެފައެވެ.