Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޝިއާރު މަރާލިތާ 2 ހަފްތާ! އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ!

މިދިޔަ މަހު 15 ވަނަ ދުވަހުގެ ރޭ ގައި މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން ގެއަކަށް ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި، ސ.ހިތަދޫ އެތީނާ، ޙުސައިން ޝިޢާރުގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

'އައްޑޫލައިވް' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެމައްސަލައިގެ ތަހުގީގު ކުރަމުންދާ ކަމަށާއި އެއްވެސް މީހަކު އެމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެ މައްސަލަ ތަޙުޤީގްކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ޓީމެއް އައްޑޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ޝިއާރުގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނި ނަމަވެސް މާލެއިން އައްޑޫއަށް އައި ފުލުހުންގެ ޚާއްސަ ޓީމުން ހިންގި ތަފާތު އޮޕަރޭޝަނެއްގައި މިމަހުގެ 16 އަދި 17 ވަނަ ދުވަހު ހިތަދޫ އިން ގިނަ އަދަދެއްގެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އަމިއްލަ ގޭގެ ތެރޭގައި ހުއްޓައި މޫނު ނިވާކޮށްގެން ތިބި ގްރޫޕަކުން އެގެއަށް ވަދެ ޝިއާރުގެ ބޮލަށާއި ކޮނޑަށް އަތި އަތަށް ވެސް ފުން ޒަހަމުތަކެއްވަނީ ދީފައެވެ. ޝިއާރު މަރުވީ އެ ޒަހަމުތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޖޫން 16 ވަނަ ދުވަހު ހެދުނު 10:30 އެހާކައްހާއިރުއެވެ.