Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޝާޑުގެ ފަރާތުން ހުޅުދޫގެ ރައްޔިތުންނަށް ރަންބުސްތާން

ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު(ޝާޑް)ގެ ފަރާތުން ރޯދަ ހަދިޔާގެ ގޮތުގައި އެރަށުގައި މީހުން އުޅޭ ކޮންމެ ގެއަކަށް ރަންބުސްތާން ބަހައިފި އެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ދާއިރާގެ ރައްޔިތުންނަށް ޝާހިދުގެ ފަރާތުން ހަދިޔާ ދެއްވަމުން ގެންދަވާ އިރު މީގެ ދުވަސްކޮޅެއް ކުރިން ޝާހިދު ވަނީ ހުޅުދޫގެ ރައްޔިތުންނަށް މޭބިސްކަދުރު ވެސް ބަހައިފައެވެ.

ރަމަޟާންމަހާދިމާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކުގެ ކައުންސިލްތަކުންނާއި މަޖިލިސް މެމްބަރުން އެމެމްބަރުންގެ ދާއިރާގައި ހިމެނޭ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ތަފާތު ތަކެތި ދެމުން ގެންދާއިރު ޝާހިދު އަކީ އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންގެ ތެރެއިން ދާއިރާގެ ރައްޔިތުންނަށް އެންމެ ބޮޑެތި އެހީތަކެއް ވެދެއްވަމުން ގެންދަވާ ފަރާތްކަން ފާހަގަކޮށްލެވެއެވެ.

ޝާހިދުގެ މަސައްކަތުން މިއަދު މިވަނީ މަސްޖިދުލް ވަހްދާ ހުޅުދޫގެ ފުރަތަމަ އޭސީ މިސްކިތަށް ހަދައިދީފައި ވާއިރު ކޮންމެ ރަމަޟާން މަހަކު މީދޫ ޝަމްސުއްދީން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީސްއިން ބާއްވާ ގުރުއާން މުބާރާތަށް ވެސް އެބޭފުޅާ ވަނީ 50،000 ރުފިޔާގެ އެހީއެއް ވެދެއްވާފައި ކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރަކަށް ވުމުގެ ކުރިންވެސް ޝާޑް އަކީ ހުޅުމީދޫގެ ތަރައްޤީއަށް އެހީތެރިވަމުން އައި ޒުވާނެކެވެ.