Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޝާޑްގެ ފަރާތުން މިފަހަރު ރޯދަ ހަދިޔާއަކަށް އަލަނާސި

ހުޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) ގެ ފަރާތުން މި ހަފްތާގައި ހުޅުދޫ ރައްޔިތުންނަށް ރޯދަ ހަދިޔާއެއްގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް އަލަނާސި ދެއްވައިފިއެވެ.

ޝާޑް ވަނީ މި ރަމަޟާން މަހު ތަފާތު ފަހަރުމަތިން ހުޅުދޫގެ ރައްޔިތުންނަށް ރޯދަ ހަދިޔާ ދެއްވާފައެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް މޭބިސް ކަދުރު ހަދިޔާ ކުރެއްވި އިރު ދެވަނަ ހަފްތާގައި ވަނީ ރަންބުސްތާން ބަހާފައެވެ.

ޝާޑްގެ ފަރާތުން ރޯދަ ހަދިޔާ ހުޅުދޫ ރައްޔިތުންނަށް ފޯރުކޮށްދޭ އިރު މި ރަމަޟާން މަހަށް ހުޅުދޫ މަސްޖިދުލް ވަހްދާ އޭސީ ކޮށް މިސްކިތް ވަނީ ޒަމާނީ ފެންވަރަށް މަރާމާތުކޮށްފައެވެ.

އަދި ކޮންމެ ރަމަޟާން މަހަކު މީދޫ ޝަމްސުއްދީން އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީސްއިން ބާއްވާ ގުރުއާން މުބާރާތަށް ވެސް އެބޭފުޅާ ވަނީ 50،000 ރުފިޔާގެ އެހީއެއް ވެދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ މެމްބަރަކަށް ވުމުގެ ކުރިންވެސް ޝާޑް އަކީ ހުޅުމީދޫގެ ތަރައްޤީއަށް އެހީތެރިވަމުން އައި ޒުވާނެކެވެ.

ޝާޑް އެންމެ ބޮޑަށް ފާހަނގަ ކޮށްލެވެނީ ޒުވާނުންނާއި ގުޅޭ މެމްބަރެއްގެ އިތުރުން ޒުވާނުން ބާރުވެރި ކުރާ މެމްބަރެއްގެ ގޮތުގައެވެ.