Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

މިނިވަން ކަޕްގެ ގުރުލުން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ

ހުޅުދޫގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ "މިނިވަން ކަޕް" ގެ ގުރުލުން މިމަހުގެ 21 ވަނަ ދުވަހުގެ ރެއަށް ތާވަލް ކޮށްފިއެވެ.

މިނިވަން 50 އާއި ދިމާކޮށް މިމަހުގެ 26 ވަނަ ދުވަހު ފަށާ މި މުބާރާތުގައި 10 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އެއީ ހުޅުދޫން 4 ޓީމަކާއި، މީދޫން 3 ޓީމްގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަން އާއި ހެރެތެރެއިން ޓީމެކެވެ.

21 ވަނަ ދުވަހުގެ ރޭ ގުރުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ނަސްރިއްޔާ ސްކޫލްގައެވެ.

ޗެމްޕިއަން ޓީމަށް 20 ހާސް ރުފިޔާ ހުޅަހަޅާފައިވާ މި މުބާރާތަށް ހުޅުދޫ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.