Last Updated: April 24, 06:35
Wednesday, April 24, 2024

ޝެއިޚް އިމްރާން މާފުށީ ޖަލަށް ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައި ހުރި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

މާފުށީ ޖަލަށް ޝެއިޚް އިމްރާން އަބްދުﷲ ބަދަލުކޮށްފައިވާއިރު އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާގޮތަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް، މިހާރު ވަނީ އެގޮތަށް ނުފޮނުވޭނެކަން އެމަނިކުފާނުގެ އާއިލާއަށް އަންގައިފައެވެ.

އިމްމްރާންގެ މައްޗަށް ކުރެވޭ ޝަރީއަތުގެ މިހާތަނަށް ބާއްވާފައިވަނީ އެންމެ އަޑުއެހުމެކެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު މިހާރު ހައި ކޯޓަށް ވަނީ ބަދަލުކޮށްފަ އެވެ.

އިމްރާންގެ ދިފާއުގައި ވަކާލަތުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވަނީ އިމްރާން ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އޭނާ ބަންދުގައި ބެހެއްޓޭނެ އެއްވެސް ހާލަތެއް މިހާރު ނެތް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.