Last Updated: March 29, 10:16
Friday, March 29, 2024
ވިޔަފާރި

މިނިވަން 50 ގެ ހަދިޔާ! އުރީދޫ އިން 50 ޕަސެންޓް ބޯނަސްއެއް!

ދިވެހިރާއްޖޭގެ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މުވާސަލާތީ ހިދުމަތްދޭ ކުންފުނި، އުރީދޫ އިން މިނިވަން 50 އާއި ގުޅިގެން ޚާއްސަ ބޯނަސް ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫ އިން ހާމަކޮށްފައިވާ ގޮތުގައި އުރީދޫގެ މޯބައިލް އެޕްލިކޭޝަން "މައި އުރީދޫ" ބޭނުންކޮށްގެން މިރޭ 12:00 އާއި ހަަމައަށް ރިޗާޖް ކުރުމުން ނުވަތަ 500 އެމްބީ އަށްވުރެ ބޮޑު އުރީދޫ ޑޭޓާ ޕެކޭޖެއް ނެގުމުން އެ ހިދުމަތެއްގެ 50 ޕަސެންޓް ބޯނަސް އެއް ލިބިގެންދާނެއެވެ.

މިއީ މިނިވަން ދުވަހުގެ ޚާއްސަ މުނާސަބަތާއި ގުޅިގެން ރާއްޖޭގެ އެކިހިސާބުތަކުގައިވާ އާއިލާ އާއި ގާތް ތިމާގެބޭފުޅުންނާއި ގުޅުން ބަދަހިކޮށް މިނިވަން ދުވަހުގެ ޚާއްސަކަންތައްތައް އެކަކު އަނެކަކާއި ހިއްސާކުރުމުގައި ކަސްޓަމަރުންނަށް އިތުރު ފަސޭހައެއް ހޯދައިދިނުމަށް އުރީދޫއިން ކުރިއަށް ގެންދާ އޮފަރ އެކެވެ.

މިނިވަން 50 ފާހަގަކުރުމުގެ ގޮތުން އުރީދޫން ވަނީ މި ޖޫން މަހު “ބިގް މިލިއަން އޮފަރ” ގެ ނަމުގައި އެހެން ޕްރޮމޮޝަންތައް ވެސް ފަށާފައެވެ. އޯގަސްޓު 11 އާއި ހަމައަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އުރީދޫގެ ކަސްޓަމަރުންނަށް އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ފައިސާގެ އިނާމާއި ބާރަ ހާސް ހަދިޔާ ލިބޭނެ ކަމަށް އުރީދޫ އިން ހާމަކުރެއެވެ.

މީގެ އިތުރުން ގްރެފިޓީ ކުރެހުމުގެ މުބާރާތެއްވެސް އުރީދޫ އިން ވަނީ ފަށާފައެވެ.