Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އެމްއާރްޑީސީ ފާރުގައި ހުރި މިނިވަން50 ލޯގޯ ތަކަށް ކަޅުތެޔޮ ޖަހައިފި

ރާއްޖޭގެ 50 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެމްއާރްޑީސީ އޮފީހުގެ ބޭރު ފާރުގައި ކުރަހާފައި ހުރި "މިނިވަން 50"ގެ ލޯގޯތަކަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.

ރޭގެ ވަގުތެއްގައި ކަޅުތެޔޮ ޖެހި ތަންތަނުގެ ތެރޭގައި ހިތަދޫގައި ހުންނަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ސައިޓްގެ ބޭރުގެ ފާރުގައި ހުރި ލޯގޯ އާއި އައްޑޫ ހައިސްކޫލްގެ ފާރުގައި ހުރި ލޯގޯ ހިމެނެ އެވެ.

މިކަމާއި ގުޅިގެން އެއްވިއެސް މީހަކު އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާއިރު، އެމްއާރްޑީސީގެ ފަރާތުން މައުލޫމާތެއް ދެއްވާގޮތުގައި އެ އޮފީހުގެ ފާރުގައި ހުރި މިނިވަން50 ލޯގޯ ތަކަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭގެ ދަންވަރު ވަގުތެއްގައެވެ.