Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މެންބަރު ޖަމީލް އުޘްމާން އައްޑޫ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންފި

މެންބަރ ޖަމީލް އުޡްމާންގެ ކައިވެނި ހަފްލާގެ ތެރެއިން. ފޮޓޯ: މެމްބަަރ މުހައްމަދު އަމީތްގެ ޓްވިޓަރ

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރ ޖަމީލް އުޘްމާން، އައްޑޫ ސިޓީގެ ބޭކަނބަލަކާއި ކައިވެނި ބައްލަވައިގެންފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރ ޖަމީލް އުޘްމާން ކައިވެނި ބައްލަވައިގެންފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރ މުޙައްމަދު އަމީތުގެ އަނބިކަނބަލުންގެ އެއްބަނޑު އެއްބަފާ ބޭކަނބަލާކާއި އެވެ.

ޖަމީލް އުޘްމާންގެ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަ ގޮތެއްގައި އައްޑޫ ހައި ސްކޫލްގައި ރޭ ބާއްވާފައިވާއިރު، ޕީޕީއެމް އަށް ނިސްބަތްވާ އައްޑޫގެ އިސް ބައެއް ބޭފުޅުން ވެސް މި ޙަފްލާގައި ބައިވެރިވެ ވަޑައިގެންފައިވާކަން ފާހަގަ ކޮށްލެވެއެވެ.

'އައްޑޫލައިވް' ގެ ފަރާތުން މެންބަރ ޖަމީލް އުޘްމާންގެ ދެކަނބަލުންނަށް ބާއްޖަވެރި ކައިވެންޏަކަށް އެދެމެވެ.