Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

މިނިވަން50 އަށް އެންމެ ރީއްޗަށް ދިއްލީ ރެހެންދި ފްލެޓްތަ ؟

މިނިވަން50 އަށް ރެހެންދި ފްލެޓް ބޮކިފަތިން ޒީނަތްތެރި ކޮށްފައި. ފޮޓޯ: ސޯޝަލް މީޑިޔާ

މިނިވަން50 އާއި ގުޅުވައިގެން މާލެ އިމާރާތްތަކާއި ސަރަހައްދުތައް އެންމެ ރީއްޗަށް ދިއްލާ ފަރާތްކަށް ހޮވައި އެފަރާތްތަކަށް އިނާމް ދޭން ސަރުކާރުން ނިންމުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި އާންމު ފަރުދުންގެ ގެތަކުގައި ވެސް ވަނީ ތަފާތު އެކި ޑިޒައިންތަކަށް ބޮކި ފަތި ހަރުކޮށްފައެވެ.

ބޮޑު ވާދަވެރިކަމެއްގެ ތެރޭގައި ކުލަ ބޮކިން އިމާރާތްތައް ދިއްލާފައިވާއިރު ސޯޝަލް މީޑިޔާގައި ވެސް އެކި ފަރާތްތަކުން ގެންދަނީ ތަފާތު ޑިޒައިންތަކަށް ދިއްލާފައިވާ އިމާރާތްތަކުގެ ފޮޓޯތައް ހިއްސާކުރަމުންނެވެ.

ދައުލަތުގެ އިސްބޭފުޅުން ތަކެއް މިހާރު ވެސް ދިރިއުޅުއްވަމުން ގެންދަވާ، ރެހެންދި ފްލެޓް ދިއްލާފައިވާ ގޮތް ވެސް ވަރަށް ގިނަ ބަޔަކަށް 'ފާހަގަ' ކުރެވިގެން ސޯޝަލް މީޑިޔާގައި ދަނީ އެ އިމާރާތް ދިއްލުމުގެ މަސައްކަތް ކުރި ފަރާތްތަކަށް ތައުރީފްކޮށް ވާހަކަ ދައްކަމުންނެވެ.

ބައެއް ފަރާތްތަކުން އެއީ "ޤައުމީ ބަތަލަކު ކުރި މަސައްކަތެއް" ގޮތުގައި ސިފަކޮށްފައިވާއިރު އަނެއް ބަޔަކު ރެހެންދި ފްލެޓް ދިއްލާފައި ހުރި ގޮތް ސިފަކުރަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ކުރެވޭ މަލާމާތެއްގެ ގޮތުގައެވެ.

ރެހެންދި ފްލެޓުތަކުން ސަރުކާރަށް ދީފައިވަނީ 10 ފްލެޓެވެ. އޭގެ ތެރެއިން ނުވަ ފްލެޓެއް ދީފައިވާ ކަމަށް ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ކަމުގައިވާ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި، އަލީ ހަމީދާއި، އަބްދުﷲ އަރީފާއި، ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި، އާދަމް މުހައްމަދުގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށެވެ.