Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ކޮންމެ އެއްޗެއް ދޫކޮށްލައިގެން ވެސް ރައީސް ނަޝީދު މިނިވަން ކުރަންޖެހޭ : އާޒިމް

މެމްބަރ އާޒިމް މަޖިލިީހުގެ ޖަލްސާއެއްގައި . ފޮޓޯ: ވީނިިއުސް

އެމްޑީޕީ ފުޑުފުޑުވިޔަ ނުދިނުމަށް ކޮންމެ އެއްޗެއް ދޫކޮށްލައިގެން ވެސް ރައީސް ނަޝީދު މިނިވަން ކުރަންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ވުމުން ދޫކުރަން ޖެހޭ ކަންކަންވެސް އަންނާނެ ކަމަށާއި އެކަމަކީ "ޑީލް" އެއް ކަމަށް ބަޔަކު އަޑު ފެތުރިޔަސް، އަކަން އެ ކުރަނީ މުސްތަގްބަލަށް ވިސްނާފައި ކަމަށެވެ.

"ސިޔާސީ ގޮތުން ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލު ކުރުމަށް ކުރާ ކަމެއް ނުވެގެން ޕާޓީ ބައިބައިވެގެން ދާކަށް ނުޖެހޭ، މި ވާހަކަ ދެއްކީމަ މި ބުނަނީ އެއީ ޑީލެކޭ، ސިޔާސީ ގޮތުން އެހެން ބަޔަކު ބޭނުންވާ ގޮތަށް ކަމެއް ކުރުމަކީވެސް ޑީލެކޭ، އަޅުގަނޑު ދަންނަވާނީ ސިޔާސީ ގޮތުން މިކުރާ ކޮންމެ ކަމަކީވެސް ޑީލެކޭ، އެކަން އަޅުގަނޑުމެންނަށް އޮޅޭނެ ކަމެއް ނެތް، ޑީލަކީ ދެ ފަރާތަށްވެސް ފައިދާ ވުމެއް"އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވިގޮތުގައި އެމްޑީޕީ އެކައްޗަކަށް ހަދައިގެން މަސައްކަތް ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެ މަނިކުފާނު މިނިވަންނުކޮށް މިހާރު ކުރަމުންދާ މަސައްކަތްތަކާއިގެން ކުރިއަށް ދެވެން ނެތް ކަމަށާއި ކޮންމެފަދަ ގުރުބާނީއެއް ވެގެންވެސް ރައީސް ނަޝީދު ދޫކޮށްލާތޯ މަސައްކަތް ކުރަން ޖެހެނީ މި ގައުމުގެ ކުރިއެރުމާއި މުސްތަގްބަލަށްޓަކައި ކަމަށެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އެޕާޓީގެ އާންމު މެންބަރުންގެ ނުރުހުން އަމާޒު ވެފައިވާތީ އެކަމަށް އިޝަރާތްކޮށް އާޒިމް ވިދާޅުވީ މެމްބަރުންގެ ބޮލުގައި ކޮންމެފަދަ ތުހުމަތު ތަކެއް އަޅުވަމުން ދިޔަސް، އާޒިމް ވިދާޅުވި ގޮތުގައި، އެ މެމްބަރު ރަގަޅު މަސައްކަތްތަކެއް ގެންދަވާ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ވިސްނުންހުރީ އަބަދުވެސް ރައީސް ނަޝީދު މިނިވަން ކުރުމަށެވެ.