Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

ކުނިތަކެއްގެ ތެރެއިން "ފިސްތޯލައެއް" ފެނިއްޖެ!

މިދިޔަ އަންގާރަ ދުވަހުގެ ރޭ މާލެއިން އުކާލަން ގެންދިޔަ ކުނިތަކުގެ ތެރެއިން ފެނުނު "ފިސްތޯލައަކާ" ފުލުހުން ހަވާލުވެއްޖެ އެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުނިތަކުގެ ތެރެއިން ފިސްތޯލައެއް ފެނިފައި ވަނީ ބަންގްލަދޭޝްގެ މީހަކަށެވެ.

މި ފިސްތޯލަ ފުލުހުންނާއި ހަވާލުކޮށްފައިވާ އިރު މިކަމާއި ބެހޭ ގޮތުން ފުލުހުން ބުނީ އެއީ "ފިސްތޯލައެއް ކަމަށް" ނުބެލެވޭ ކަމަށެވެ. ނަމަވެސް އެއީ ރޭޒާ ފުއް ލެއްވޭ ޒާތުގެ ފިސްތޯލައެއް ކަމަށް މައުލޫމާތު ލިބެ އެވެ.

އުކާލަން ގެންދިޔަ ކުނި ތަކުގެ ތެރެއިން ފިސްތޯލައެއް ފެނިފައިވާ އިރު ކުރީގެ ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގ. އެނިފް ގެއިން ފިސްތޯލައެއް ފެނުނު މައްސަލާގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް ވަނީ 11 އަހަރު ދުވަހަށް ޖަލަށް ހުކުމްކޮށްފަ އެވެ.