Last Updated: March 29, 10:47
Friday, March 29, 2024
ޚަބަރު

އައްޑު އާއި ގއ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ދެކުނުގެ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑު އާއި .ގއ އަތޮޅަށް ޔެލޯ އެލާޓު ނެރެފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓުން މައުލޫމާތު ދެމުން ބުނެފައިވަނީ ޔެލޯ އެލާޓު ނެރެފައިވަނީ އެ ދެއަތޮޅަށް ގުގުރުމާއެކު ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

މިއަދު 11:50 އިން މެންދުރު ފަހު 3:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާ އިރު މިސަރަހައްދުން ދަތުރު ކުރާ ފަރާތްތަކަށް ރައްކާތެރިވެ ސަމާލުވުމަށް ނޭޝަނަލް ޑިސާސްޓާ ސެންޓަރުން އިލްތިމާސް ކުރެ އެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުގެ އިތުރުން ރަށުގައި އުޅޭ ރައްޔިތުންނަށް ވެސް ނަގޫރޯޅި އަދި އުދަ އެރުން ފަދަ ހާދިސާތަކަށް ސަމާލުވުމަށް އެ ފަރާތުން ވަނީ އެދިފަ އެވެ.

ފޭދޫގެ އިތުރުން އައްޑޫގެ އެހެން އަވަށްތަކުގައި ވެސް ފެން ބޮޑުވި ސަރަހައްދުތަކަށް މިހާރު އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.