Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ފޭދޫގައި ފެން ހިއްކަނީ

މިއަދު އައްޑު އަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގައި ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގެ އެހީތެރިކަމާ އެކު ފެން ހިންދުމުގެ މަސައްކަތުގައި އެމްއާރްޑީސީ އާއި އެމްއެންޑީއެފާ ޕޮލިސް ފަދަ މުއައްސަސާތަކުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

އެގޮތުން ޕަންޕް ޖަހައިގެން ފެން ހިއްކުމުގެ އިތުރަށް ބައެއް ސަރަހައްދުތަކުގައި ކޯރު ކޮނެގެން ވެސް ފެން ބޭރު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ފޭދުއަކީ ވާރޭ ވެހިއްޖެ ނަމަ، އައްޑޫގެ އެހެން އަވަށްތަކާ ހިލާފަށް ފެން ބޮޑުވުމުގެ މައްސަލަ ވަރަށް އަވަހަށް އަދި ވަރަށް ފަސޭހައިން ކުރިމަތިވާ އަވަށެވެ.

މިއަދު ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ގޭގެ އަށް ވެސް ފެން ވަދެ، އެކި ވަރުގެ ގެއްލުން ވެސް ލިބިފައިވެ އެވެ.

މޫސުމާ ބެހޭ އިދާރާ އިން ވަނީ ކުރިއަށް އޮތް 24 ގަޑި އިރު ވެސް މޫސުން ގޯސް ވާނެތީ އައްޑު އަށް ޔެލޯ އެލާޓް ވެސް ނެރަފަ އެވެ.