Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

އަންނަ މަހުން ފެށިގެން ކުނީގެ ހިދުމަތުން އަގު ނަގަނީ

އައްޑޫގެ ތަންތަނުން ނަގާ ކުންޏަށް އަންނަ މަހުން ފެށިގެން އަގު ނަގާ ގޮތަށް ހަމަޖައްސައި، ކުނީގެ ހިދުމަތަށް ނަގާނެ އަގުތައް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން އިއުލާންކޮށްފި އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ކުންފުނިން ކުނި ނަގައި ދިމުނުގެ ހިދުމަތް ދެނީ އެއްވެސް އަގަކާ ނުލަ އެވެ.

އެހެން ނަމަވެސް އަންނަ މަހުން ފެށިގެން ހިދުމަތަށް އަގު ނަގާނެ ކަަމަަށް އެމްއާރްޑިސީން ބުންޏެވެ.

އެގޮތުން ގޭބިސީތަކާއި ފިހާރަ އާއި އޮފީސްތަކުން ހަފުތާ އަކު ތިން ދުވަހު ކުނި ނަގައި ދޭނީ މަހަކު 159ރ. އެވެ. ފިހާރަކާއި އޮފީސްތަކުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދޭނީ މަހަކު 318ރ. އަށެވެ.

މީގެ އިތުން ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދޭނީ މަހަކު 795ރ. އަށެވެ.

އެމްއާރްޑީސީން ބުނީ ކުނީގެ ހިދުމަތަށް އެދޭ ފޯމް ހިތަދޫގައި ހުންނަ އެ ކުންފުނީގެ އޮފީހުންނާއި ހުޅުމީދޫގައި ހުންނަ އޮފީހުން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

ފޯމް ދޫކުރުމާއި ބަލައި ގަތުން ހުކުރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00-5:00 އަށް އޮންނާނެ އެވެ.