Last Updated: April 24, 12:56
Wednesday, April 24, 2024
މުނިފޫހިފިލުވުން

އަނީތާ އާއި ފިރިމީހާ ރާއްޖޭގައި

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި ބަތަލާ އަދި ސޮނީ ޓީވީން މިހާރު ދައްކާ "ކޮމެޑީ ނައިޓްސް ބަޗާއޯ" ގެ ބައިވެރިޔާ އަނީތާ ހަސަންދާނީ އާއި ފިރިމީހާ ރޯހިތު ރެޑީ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

އަނީތާ، 36، ފިރިމީހާ އެކު ރާއްޖެ އައިސްފައި މި ވަނީ އޭނާ ބަނޑު ބޮޑު ކަމަށް ވެސް ވާހަކަތައް ދެކެވެމުން ދަނިކޮށެވެ.

އަނީތާ އާއި ރޯހިތު ކައިވެނި ކުރީ 2013 ގަ އެވެ.

އެހެން ނަަމަވެސް ޗުއްޓީ ހޭދަ ކުރަމުން އަންނަ އަދާރަން ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއްގައި ބިކިނީއެއްގައި ނަގާފައިވާ ފޮޓޯއެއް ވެސް އަނީތާ ވަނީ އިސްޓްގްރާމްގައި ޝެއާކޮށްފަ އެވެ.

އަދި ރާއްޖޭގައި ނަގާފައިވާ ވީޑިއޯއެއް ވެސް އިސްޓަގްރާމްގައި ޝެއާކޮށްފައިވެ އެވެ.

އެ ފޮޓޯ އާ އެކު އޭނާ ބުނެފައި ވަނީ ރާއްޖެ އައިސްފި ނަމަ ކޮންމެހެން ވެސް ބިކިނީއެއްގައި އުޅެން ޖެހޭނެ ކަމަށެވެ.

އެ ކަހަލަ ފޮޓޯއެއް އޭނާ ފޭނުންނާ ހިއްސާ ކުރީ ބަނޑު ބޮޑު ނޫންކަން ކަށަވަރުކޮށް ދިނުމުގެ ގޮތުން ކަމަށް ބެލެވެ އެވެ.

އަނީތާ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑްގެ ބައެއް ފިލްމްތައް ވެސް ކުޅެފައިވެ އެވެ.

އޭގެ ތެރޭގައި "ކްރިޝްނާ ކޮޓެޖް" އަދި "ކޮއި އާޕްސާ" ހިމެނެ އެވެ.