Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

ކުނި ކޮއްޓަށް ކުނި އުކޭނީ މި ރޭޓްތަކަށް

އަންނަ މަހުން ފެށިގެން ހިތަދޫ ކުނި ކޮއްޓަށް އާންމުން ގެންދާ ކުނި އުކައިލެވޭނެ އަގުތައް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން މިއަދު އާންމުކޮށްފި އެވެ.

ތިރީގައި އެ އޮތީ އަގުތައް ނަގަން ހަމަޖެހިފައިވާ ގޮތުގެ ލިސްޓެވެ.

އެގޮތުން އާންމުން އުކައިލަން ކުނި ކޮއްޓަށް އުކައިލަން ގެންދާ ވަކި ނުކޮށް ހުންނަ ކުނި ގެންދާ ވެހިކަލްތަކުގެ ގޭޓް ފީއެއްގެ ގޮތުގައި ނަގާނެ އަގުތައް ލިސްޓްގައި އެ ވަނީ އެވެ.

އަންނަ މަހުން ފެށިގެން ކުނީގެ ހިދުމަތުން އަގު ނަގާ ގޮތަށް އެމްއާރްށީސީން ހަމަޖެއްސި އިރު، ބައެއް ފަރާތްތަކުން ދަނީ އަގުތަކާ ދޭތެރޭ ހިތްހަމަނުޖެހުން ވެސް ފާޅު ކުރަމުންނެވެ.

އެ ކުންފުނިން ބުނި ގޮތުގައި ގޭބިސީތަކާއި ފިހާރަ އާއި އޮފީސްތަކުން ހަފުތާ އަކު ތިން ދުވަހު ކުނި ނަގައި ދޭނީ މަހަކު 159ރ. އެވެ. ފިހާރަކާއި އޮފީސްތަކުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދޭނީ މަހަކު 318ރ. އަށެވެ.

މީގެ އިތުން ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދޭނީ މަހަކު 795ރ. އަށެވެ.