Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މަހުލޫފަށް އިތުރު ހަ މަހުގެ ޖަލު ހުކުމެއް

ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ ސާބިތުވެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު މަހުލޫފަށް އަނެއްކާ ވެސް ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ފުލުހުން ބެރިކޭޑު ޖަހައި ބަންދު ކޮށްފައިވާ ސަރަހައްދަަށް ބެރިކޭޑު ދުރަށް ޖައްސައި ގަދަކަމުން ވަދެފައިވާކަން މަހުލޫފުގެ މައްޗަށް ސާބިތުވެ ހުކުމްކޮށްފައިވާ އިރު އޭނާ ވަނީ މިފަދަ އެހެން ދައުވާއެއްގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މަހުލޫފަށް ކުރިި ދެވަނަ ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް އޭނާ ގަދަކަމުން ވަދެ، ބެރިކޭޑުތައް ކޮއްޕައި ހެދި ކަމަށެވެ.

މަހްލޫފްގެ އަންހެނުން މިއަދު ކޯޓް ކައިރީގައި.
މަހްލޫފްގެ އަންހެނުން މިއަދު ކޯޓް ކައިރީގައި.

އިދިކޮޅު އިއްތިހާދު (އެމްޔޫއޯ) ގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހުލޫފަށް މިދިޔަ ހޯމަ ދުވަހު ހުކުމް އިއްވީ ވެސް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅި މައްސަލައެއްގަ އެވެ.

އެއީ ފުލުހުންގެ ބަންދުގައި ހުރެ، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވެގެންވެ.

ދެ ދައުވާ އާ އެކު ވެސް މަހުލޫފުގެ މައްޗަށް އައީ އަހަރަކަށް ވުރެ ކުރު ހުކުމަކަށްވާތީ އޭނާގެ މަޖިލިހުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

އަދި ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުުވެވޭނެ އެވެ.