Last Updated: April 16, 10:55
Tuesday, April 16, 2024
ސިޔާސީ

އަލީ ހުސެއިންގެ ފޯން "އަތުލައިފި"

ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިމަހުގެ 22 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާއި ގުޅިގެން އޭނާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފިއެވެ.

އަލީ ހުސެއިން ވިދާޅުވީ، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބުނެ، ކުރި ޓްވީޓަކާއި ގުޅިގެން ކަމަށެވެ.

އަލީ ކުރެއްވި ޓްވީޓުގައި ބުނެފައި ވަނީ ނުހައްގުން ފުލުހަކު މީހެއްގެ ގައިގައި އަތްލައިފި ނަމަ އެމީހެއްގެ އަމިއްލަ ނަފްސުގެ ދިފާއުގައި ކޮންމެ މީހަކަށް ވެސް ފުލުހެއްގެ ގައިގައި އަތްލުމުގެ ހައްގުލިބިގެންވާ ކަމަށެވެ.

މިމައްސަލާއި ގުޅިގެން ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިފައިވާ އިރު އަންނަ ހަފްތާ ތެރޭގައި ބަޔާން ދިނުމަށް ފުލުސް އިދާރާއަށް ހާޒިރު ވުމަށް އަލީއަށް ވަނީ އަންގާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގައުމަށް އެންމެ ފައިދާ ހުރި މަސައްކަތެއް ކުރައްވާ އެއް މަޖްލިސް މެމްަބރަކީ އަލީ ހުސެއިންއެވެ. އޭނާ ވަނީ ރާއްޖޭގެ ބިންތައް އަމިއްލަ ކުރެވޭ ގޮތަށް ހުށަހެޅި އިސްލާހަށް ދެކޮޅަށް ވޯޓިދެއްވާފައެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަލީދަނީ ސަރުކާރުގެ ކަރަޕްޝަންތަކާއި ގުޅޭ ގޮތުން އެކި ޓްވީޓް ކުރައްވަމުންނެވެ.