Last Updated: April 19, 06:56
Friday, April 19, 2024
ވިޔަފާރި

ފުވައްމުލަކަށް އިތުރު ފެރީއެއް މާދަމާ ބާއްވަނީ

އައްޑޫ ސިޓީ، ފޭދޫ ބަނދަރު ސަރަހައަްދު

މިނިވަން ދުވަހާ ގުޅިގެން ލިބޭ ބޮޑު ޗުއްޓީގައި ފުވައްމުލަކަށް ދާން ބޭނުންވާ ފަރާތްތަކަށް އިތުރު ފެރީއެއް މާދަމާ ބާއްވަން ނިންމައިފި އެވެ.

ދެކުނު ދަތުރުފަތުރުގެ ހިދްމަތް ފޯރުކޮށްދޭ ސަދަން ޓްރާންސްޕޯޓް ލިންކުގެ އޮފިޝަލަކު ވިދާޅުވީ މާދަމާ ބާއްވާ ހާއްސަ ފެރީއަށް ރިޒަވޭޝަން ހެދުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

"މިހާރު ރިޒަވެޝަން ހެދޭނެ. ދަތުރު އޮންނާނީ ހެނދުނު 10:00 އިން ފޭދޫ ބަނދަރުން ފުރާ ގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

ފުވައްމުލަކަށް ހަފްތާއަކު ތިން ދުވަހު ދަތުރު ބާއްވާ އިރު މިއަދު ވަނީ ޝެޑިއުލް ދަތުރުކޮށްފަ އެވެ. މިއަދު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުވައްމުލަކަށް ގޮސްފަ އެވެ.

"ވަރަށް ގިނަ ބަޔަކު އެދެމުން ދަނީ ދަތުރެއް ބާއްވަ ދޭން. ލޯންޗް ތައް ފުރިފައި މި އޮންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.

އައްޑު އާއި ފުވައްމުލަކުގެ ދަތުރު ފަތުރު ފަށާފައިވާ އިރު އެއް ހަފްތާއަށް ބަސް ދަތުރު ވަނީ ހިލޭ ބާއްވައިފަ އެވެ.