Last Updated: April 24, 18:14
Wednesday, April 24, 2024
ޚަބަރު

ދިދަ ނެގުން ހިތަދޫ ކޯޓުގައި ބާއްވައިފި

ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރޭ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި ރޭ ބާއްވައިފި އެވެ.

ރޭ 12 ޖެހި އިރު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ގައުމީ ދިދަ ނަންގަވައި ދެއްވީ ދެކުނު ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމެވެ.

ޖުޑިޝަރީގެ ދިދަ ނެންގެވީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެންމެ ގިނަ ދުވަހު ހިދްމަތް ކުރެއްވި ކޯޓުގެ އެޑްމިން އޮފިސަރ އާއިޝަތު ހަނީފާ އެވެ.

ހިތަދޫ ކޯޓުން އިންތިޒާމް ކުރި މި ހަފްލާގައި ދުވަހާއި ގުޅޭ ގޮތުން ވާހަކަ ދެއްކުން ވެސް އޮތެވެ.

މިނިވަން ދުވަހުގެ ދިނަ ނެގުމުގެ ރަސްމިއްޔާތު ހިތަދޫ ކޯޓުގައި ބޭއްވި އިރު މިފަހަރު އައްޑޫ ސިޓީ ކައުންސިލުން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފައެއް ނުވެ އެވެ.