Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

މިނިވަން ކަމަށް 51؛ މިނިވަންކަން ކޮބާ؟

ރާއްޖޭގެ މިނިވަންކަމަށް މިއަދު 51 އަހަރު ފުރިގެން ދާއިރު ހަގީގީ މިނިވަން ކަމުގެ އިހްސާސެއް ކުރެވޭ ހެއްޔެވެ؟
މިއީ ދިވެހި އެތައް ބަޔަކު މިއަދު ކުރަމުން އަންނަ ސުވާލެވެ.

ރާއްޖޭގައި މިނިވަން ދުވަސް ފާހަގަކުރަނީ އިނގިރޭސީންގެ އަތުން ދިވެހިންނަށް ލިބުނު މިނިވަން ކަމާއި ގުޅިގެންނެވެ. 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނު އިރު މިއަދު އަނެއްކާވެސް ދިވެހި މިތިބީ މިނިވަންކަން "ގެއްލެމުންދާ ކަމުގެ އިހްސާސް ކުރެވޭ ހާލުގަ އެވެ.

ދިވެހި ގައުމުގެ ބިން ބޭރު ގައުމުތަކުގެ މީހުންނަށް މިލްކު ކުރެވޭ ގޮތަށް މިވަނީ ހަދާފައެވެ. ގާނޫނު އަސާސީ ފުނޑާލުމަށްފަހު ބިން މިލްކު ކުރެވޭ ގޮތް ހެދިތާ މިހާރު އެއް އަހަރުވީއެވެ.

indini

ދިވެހިންގެ ބިންތައް ބިޑް ކުރުމަކާއި ނުލައި ބޭނުން ބަޔަކަށްދެވޭނެ އުސޫލްވެސް މިއަދު މިވަނީ ފަހިވެފައެވެ. ދިވެހި ރާއްޖޭގެ ހިކި ފަސްތަނުން، ދިވެހިންނަށް މިލްކު ވަނީ ކިހާ މިންވަރެއްތޯ މިއަދު މިވަނީ ސުވާލު އުފެދިފައެވެ. މިހުރިހާ ކަމެއް މިހެން ހިގަމުން ދިޔައިރު އޭރު ކިރިޔާވެސް ރައްޔިތުންނަށް ވާނުވާއެއް ބުނެދެމުން ދިޔައީ ނޫސްވެރިންނެވެ. ނޫސް ތަކުންނެވެ.

މިއަދު މިނިވަން ދުވަސް ފާހަގަ ކުރާއިރު ގާނޫނު އަސާސީގެ ދެވަނަ ބާބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ގިނަ ހައްގުތަކުން މިވަނީ މަހްރޫމުކޮށްފައެވެ. ދިވެހި ބިން މިލްކު ކުރެވޭ ގޮތަށް އޮތް އޮތުމާއި، ވާދަވެރި ބިޑަކާއި ނުލައި ދިވެހި ރަށްތައް ދޫކުރާ ދޫކުރުމާއި ދެކޮޅަށް އަޑު އުފުލޭނެ ޖާގައެއް ނެތެވެ.

އެއްވެ އުޅުމުގެ މިނިވަންކަން މިވަނީ ހަނިވެފައެވެ.

ގާނޫނު އަސާސީގެ ދެވަނަ ބާބުގެ 19 ވަނަ މާއްދާގައިވާ " މަނާކުރެވިފައިނުވާ ކަންކަން ކުރުމުގެ ހައްގު" ވެސް މިވަނީ ބަންދުވެފައެވެ. ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައިވާ "އެއްވެއުޅުމުގެ މިނިވަންކަން" ވަނީ މަތީ ދަރަޖައަކަށް ނިގުޅައިގަނެވިފައެވެ.

މަގުމައްޗަށް ނިކުމެ ހަމަޖެހިލައިގެން މީހުން އުޅުމުގެ ޖާގައެއް ނެތެވެ. ދައުލަތުން ހިންގާ ކަރަޕްޝަން ހުއްޓުވުމަށް ރައްޔިތުންނަށް އަޑުއުފުލޭކަށް ނެތެވެ. އެވާހަތައް އާއްމުންނާއި ހިސާބަށް ތިލަ ކުރެވޭނެ ގޮތް މިދަނީ ހުއްޓުވަމުންނެވެ. ދައުލަތަށް ފާރަވެރިވާން ތިބި ފަރާތްތައް ތިބީ "ބައި އަޅައިގެން" ބައިއަތު ހިފާފައެވެ. ގައުމުގައި މިވަނީ ކަރަޕްޝަން އާއްމުވެފައެވެ. މިވާހަކަ ދައްކަން ނިކުންނަ ކޮންމެ ފަހަރަކު ފުލުހުން ނިކުމެ އެއްވުންތައް ރޫޅަލަނީ އެއްވެސް ހަމަހަމަކަމެއް ނެތިއެވެ.

މިނިވަން ދުވަސް ފާހަގަ ކުރަމުން އަންނަ އިރު ދިވެހި ނޫސްވެރިކަން މިވަނީ މަރު މަތީގައެވެ. ހައްގުތައް ހަނިވަމުން، މިނިވަންކަން ނެތެމުން ގޮސް ރައްޔިތުން މިތިބީ މާޔޫސްކަން މަތީގައެވެ.

ރައްޔިތުންގެ ސުވާލަކީ މިނިވަން ދުވަސް ފާހަގަ ކުރާ ވަރުގެ މިނިވަން ކަމެއް ދިވެހިންނަށް މިހާރު ލިބިފައިވޭތޯއެވެ.