Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

މިނިވަންކަމުގެ އިހުސާސެއް ނެތް: ޔަސްރިފް

މިއަދު ވީރާނާވެފައި އޮތް އައްޑޫގައި މިނިވަންކަމުގެ އެއްވެސް އިހުސާސެއް ނެތް ކަމަށާއި މިނިވަންވެފައި ތިބި އެންމެންނަށް ދުވަހުގެ ތަހުނިޔާ ފޮނުވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވިދާޅުވެއްޖެ އެވެ.

އޭނާގެ ފޭސްބުކް ސްޓޭޓަސްގައި މިއަދު ވިދާޅުވީ މީގެ 51 އަހަރު ކުރިން އައްޑުއަކީ މާ ތަރައްގީ، ރައްޔިތުން މާ ތަނަވަސްކޮށް އުޅުނުއ އަދި މާ ބޮޑަށް މިނިވަންކަން ވެސް އޭރު އޮތް ކަމަށެވެ.

"މީގެ ފަންސާސް އެއް އަހަރު ކުރިން އައްޑޫގައި އިންޓަނެޝަނަލް އެއާޕޯޓެއް އޮތް. އިންޓަނެޝަނަލް އެއާޕޯޓާއި ސީ ޕޯޓް އޮޕަރޭޝަނަލްކޮށް. ވަޒީފާގެ ފުރުސަތު ނެތް އެކަކު ވެސް ނެތް،" ޔަސްރިފް ވިދާޅުވި އެވެ. "މާ ތަނަވަސްކޮށް، މާ ބޮޑަށް މިނިވަކަން އޮތް. މިއަދު ވީރާނާވެފައި އޮތް އައްޑޫގައި މިނިވަންކަމުގެ އެއްވެސް އިހުސާސެއް ނެތް."

ރާއްޖޭގެ 51 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ އިރު، ފަހުގެ ތާރީހެއްގައި ރައްޔިތުންގެ މިނިވަން ކަމަށް އަރައި ގަނެ، އެތަކެއް ހައްގުތަކެއް ނިގުޅައިގެންފައިވާ ޒަމާނެއް މި ނޫނީ ނުދެކޭ ކަމަށް ބުނެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.

އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަކީ އަނިޔާވެރިކަމާއި ހައްގުތަކުން މަހުރޫމްވެފައިވާ ސަރުކާރެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.