Last Updated: April 19, 18:16
Friday, April 19, 2024
ޚަބަރު

އުލަމާގެ ޤުރުއާން ކުލާސްތައް އަންނަ މަހު ފަށަނީ

ޖަމިއްޔަތުލް އުލަމާ އިން ކުރިއަށް ގެންދަން ނިންމާފައިވާ ޤުރުއާން ކުލާސްތައް އަންނަ މަހު ފަށާ ގޮތަށް ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ބާއްވާ ޤުރުއާން ކުލާސްތައް ފަށަން ހަަމަޖެހިފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.

އެހެންވެ ކުލާސްތަކުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން 7784843 އަށް ގުޅަމުން ގެންދިއުމަށް ޖަމިއްޔަތުލް އުލަމާ އިން އެދެ އެވެ.