Last Updated: April 25, 21:20
Thursday, April 25, 2024
ސިޔާސީ

އަލީ ހުސެއިންގެ ފޯން ފުލުހުން ހަވާލުކޮށްފި

މިދިޔަ ހޯމަ ދުވަހު ފުލުހުން އަތުލި ރައްޔިތުންގެ މަޖިލީހުގެ ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ގެ މޮބައިލް ފޯނު ފުލުހުންގެ އޭނާ އާ ހަވާލުކޮށްފި އެވެ.

އަލީ ކުރެއްވި ޓްވިޓަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އަތުލި މޮބައިލް ފޯނު ހަވާލުވުމަށް ފަހު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނާއި ހިލާފަށް ފުލުހުންނަކަށް އެއްވެސް ރައްޔިތެއްގެ ގައިގައި އަތް ނުލެވޭނެ ކަމަށެވެ.

އަދި އެފަދަ ގޮތަކަށް ފުލުހުންނަށް ފޯން އަތުލެވިދާނެ ކަމަށް ގަބޫލް ކުރަންތޯ އައްސަަވައި އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގައުމަށް އެންމެ ފައިދާ ހުރި މަސައްކަތެއް ކުރައްވާ އެއް މަޖްލިސް މެމްބަރަކީ އަލީ އެވެ.

އޭނާ ވަނީ ރާއްޖޭގެ ބިންތައް އަމިއްލަ ކުރެވޭ ގޮތަށް ހުށަހެޅި އިސްލާހާ ދެކޮޅަށް ވެސް ވޯޓް ދެއްވައިފަ އެވެ.

ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަލީ އަންނަނީ ސަރުކާރުގެ ކޮރަޕްޝަންތަކާ ގުޅޭ ގޮތުން އެކި ޓްވީޓް ކުރައްވައި ފާޑު ވިދާޅުވަމުންނެވެ.