Last Updated: April 23, 10:56
Tuesday, April 23, 2024

މަޝްހޫރު އެކްޓަރު އާމިރް ހާނަކީ އަބަދުވެސް ފާހަގަކޮށްލެވޭ، މޮޅެތި ފިލްމްތައް ކުޅޭ ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ އެކްޓަރެކެވެ.

މި އަހަރަކީ އަނެއްކާ ވެސް އާމިރްގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އަންނާނެ ފިލްމެކެވެ. އެއީ "ޕީކޭ" އެވެ.

މި ފިލްމަކީ 2009 ގައި ރިލީޒްވެ، ބޮކްސް އޮފީހުގެ އޭރުގެ ގިނަ ރެކޯޑްތަކެއް މުގުރާލި "3 އިޑިއަޓްސް" ގެ ޑައިރެކްޓަރު ރާޖް ކުމާރު ހިރާނީގެ ޑައިރެކްޝަނެކެވެ.

"ޕީކޭ" އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރަން ތާވަލްކޮށްފައިވާ އިރު، ފިލްމުގެ ފުރަތަމަ ސްޓިލް ޕޯސްޓަރާއި ޑިޖިޓަލް ޕޯސްޓަރު ރޭ ވަނީ އާންމުކޮށްފަ އެވެ.

88384899

މި ޕޯސްޓަރުތަކާ އެކު ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެކެވެ. ސަބަބަކީ ޕޯސްޓަރުގައި އާމިރް "ބަރަހަނާކޮށް" ހުރުމެވެ.

އަދި މިއީ ބޮލީވުޑްގެ ތަޖުރިބާކާރު އޭ ލިސްޓް އެކްޓަރަކު ފިލްމެއްގެ ޕޯސްޓަރުން ނިވާކަން ކުޑަ ގޮތަކަށް ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެ ޕޯސްޓަރުގައި އާމުރް ހުސް ގަޔާ ހުރި އިރު، ނިވާކޮށްފައި ވަނީ ހަމައެކަނި އޭނާގެ ކުރިމަތި ފަރާތެވެ. އެއީ އާމިރް ހިފަހައްޓައިގެން ހުރި ރޭޑިއޯއަކުންނެވެ.

އެ ޕޯސްޓަރު އާމިރް ވަނީ އޭނާގެ ޓްވިޓާ ޕޭޖްގައި ވެސް ޕޯސްޓްކޮށް، އާންމުންގެ ހިޔާލަށް އެދިފަ އެވެ.

popujkjn

ޕޯސްޓަރާ އެކު އާމިރް ޓްވީޓް ވެސް ކޮށްފައިވެ އެވެ. މިދިޔަ އަހަރު ހައްޖު ވެގެން ވެސް ހުރި އާމިރްގެ މީ ޓްވީޓަށް ބައެއް ފޭނުން ކޮމެންޓް ވެސް ކޮށްފައިވެ އެވެ.

އަދި ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް މި ޕޯސްޓަރަށް ކޮމެންޓްކޮށްފައިވެ އެވެ.

"ޕީކޭ" ގައި އާމިރާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ޒުވާން ބަތަލާ އަނުޝްކާ ޝަރްމާ އެވެ.

ސަޕޯޓިން ކާސްޓުންގެ ގޮތުގައި ސުޝާންތު ރާޖްޕުޓް، ސަންޖޭ ދަތު، ބޮމަން އިރާނީ އަދި ސޯރަބް ޝުކުލާ ފަދަ ތަރިން "ޕީކޭ" އިން ފެނިގެން ދާނެ އެވެ.

pk_13619448314
މި ފިލްމަކީ ވިންދޫ ވިނޯދް ޗޯޕްޅާ އާއި ހިރާނީ ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ އާދަޔާހިލާފު ޕޯސްޓަރާ އެކު އަނެއްކާ ވެސް، ފިލްމުގެ ކޮންސެޕްޓާ މެދު އިތުރު ޝައުގުވެރި ކަމެއް ވަނީ އުފެދިގެން ގޮސްފަ އެވެ.

މީގެ ކުރިން "ޕީކޭ" ގެ ޝޫޓިން ތެރެއިން އާންމުވެފައިވާ ފޮޓޯތަކަށް ބަލާ އިރު ވެސް ހުރީ ހަމަ ތަފާތު ފޮޓޯތަކެކެވެ.

Aamir-Khan-on-the-sets-of-Raj-Kumar-Hiranis-P.K.-2013-Bollywood-Hindi-movie-02

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފޮޓޯއަކީ ކޯޓަކާ އެކު އާމިރް ދިގު ސްކާޓެއް ލައިގެން ރޭޑިއޯއެއް ހިފައިގެން ހުރި ފޮޓޯ އެވެ.

މީގެ އިތުރުން ވެސް ތަފާތު ކޮސްޓިއުމުތަކާއި މޭކަޕާ އެކު އާމިރް "ޕީކޭ" އިން ފެނިގެން ދާނެ އެވެ.